ވިލިމާލެ ޕްރީސްކޫލް ހިންގާނެ ބަޔަކު ހޯދަން ބީލަމަށްލައި، އެ ސްކޫލްގައި ކިޔަވަމުން ދިޔަ ޕްރީ ސްކޫލް ދަރިވަރުން މުހިއްޔުއްދީން ސްކޫލަށް ބަދަލުކޮށްފިއެވެ.
އެ ސްކޫލްގައި 250 ދަރިވަރުން ކިޔަވަމުން ދިޔައިރު، އޭގެ ތެރެއިން 110 ދަރިވަރުންނަކީ ޕްރީ ސްކޫލް ދަރިވަރުންނެވެ. ބާކީ ތިބީ ނާސަރީއާއި ބޭބީ ނާސަރީގައި ކިޔަވަމުން ދިޔަ ދަރިވަރުންނެވެ. ވިލިނގިލީ ޕްރީސްކޫލް ބަންދުކޮށްފައި ވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހު ފެށިއިރު، އެ ސްކޫލްގައި ތިބި އެލްކޭޖީ ޔޫކޭޖީ ކުދިންނަށް މުހިއްޔުއްދީން ސްކޫލުން ވަނީ ޖާގަ ދީފައެވެ.
ވިލިނގިލީ ސްކޫލް ހިންގާނެ ބަޔަކު ހޯދަން އިއުލާން ކުރީ އެ ސްކޫލް ހިންގަން ހަވާލުކުރި މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ސްކޫލް ހިންގާނެ ބަޔަކު ހޯދަން ވިޑް ހުށަހަޅުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ނިމިގެން ދިޔަ އާދީއްތަ ދުވަހު ވަނީ ޕްރީބިޑް މީޓިންގ ބާއްވާފައެވެ.
advertisment
ހިޔާލު