ފުވައްމަލަކު މާނެރެ ސަރަހައްދު މޫދަށް ގެނބިގެން މަރުވި ފުވައްމުލަކު ސްކޫލްގެ ގުރޭޑް 10ގެ ދަރިވަރު އަހުމަދު ފައުޒަންގެ ހަނާނުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެއް މިނެޓްގެ ހިތާމައިގެ ސްކޫތެއް ގެނެސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ސުކޫތަކީ އަހުމަދު ފައުޒަން އެންމެ ފަހު ވަގުތުވެސް ދެއްކި ހިތްވަރުގެ ހަނދާން އައުކޮށް، އަހުމަދު ފައުޒަނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރުމަށްޓަކައި، ހުރިހާ ސްކޫލްތަކުން ހިއްސާކުރެވުނު ޚާއްސަ އެއްމިނެޓެވެ.
އަހުމަދު ފައުޒަންއަކީ އެންމެނާވެސް ގުޅިގެންއުޅޭ، ސްކޫލްދަރިވަރުންގެ ވަރަށް ގާތް އެކުވެރިއެކެވެ. އަދި ފުވައްމުލަކު ސްކޫލަށް ނުހަނު މުހިއްމު، އަޚުލާގު ރަނގަޅު ދަރިވަރެކެވެ.
ފައުޒަން މަރުވީ މޫދަށް އެރުނު ކުޑަ އަންހެން ކުއްޖަކު ކެނބެމުން ދަނިކޮށް ސަލާމަތްކޮށް އެކުއްޖާ އިސްކޮޅުޖެހޭ ހިސާބަށް ގެންދެވުތަނާ އައި ރާޅެއްގައި ތާށިވެގެންނެވެ. އެ ސަރަހައްދު މޫދުއަޑިން އޭނާ ފެނުނުއިރު ހަށިގަނޑުގައި ވިންދު ހުރި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވަނީ ވަނީ މަރުވެފައެވެ.
އެޑިއުކޭޝަނުން ބުނީ ފައުޒަން ވަކިވެގެންދިޔައީ، ތިމާގެ އަމިއްލަ ފުރާނައަށްވުރެ، އަނެކުންނަށް އެހީތެރިވުމާއި އަނެކުންގެ ހިތާމަތައް ފިލުވައިދިނުމަށް އިސްކަންދިނުން މުހިއްމުކަން ޢަމަލުން ދައްކައިދެމުން ކަމަށެވެ.
ފައުޒަންގެ ފުރާނައަށް މާތް ﷲ ހެޔޮރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.
advertisment
ހިޔާލު