އިއްޒުއްދީން ސްކޫލަށް އެއް އަހަރު ފުރުމާ ގުޅުވައިގެން އެ ސްކޫލްގައި ޕެރިވިންކަލް ރީޑިންގ ކޯނާރއެއް އިފްތިތާޙްކޮށްފިއެވެ.
ރީޑިންގ ކޯނާރއާއި އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ޝަރަފުވެރިކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. އަދި މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަހަރީ ދުވަހުގެ ޚާއްޞަ ކޭކުފެޅުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިއްޒުއްދީން ސްކޫލް ހުޅުވީ ހުސްވި އަހަރުގެ ދިރާސީ އާ އަހަރު ފެށި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިހެވެ.

އަހަރީ ދުވަހާ ގުޅިގެން އިއްޔެ އެ ސްކޫލްގައި ބޭއްވި ހަރަކާތްތަކަށް އެ ސްކޫލުގެ ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިންގެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދިޔަކަން އެ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.
advertisment
ހިޔާލު