ހުރަވީ ސްކޫލުގެ 2 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ އެސެމްބްލީ އެއް މިއަދު ބާއްވާފިއެވެ.
ހުރަވީ ސްކޫލުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި ޚާއްސަ ހަރަކާތް ޝަރަފްވެރިކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު އަލީ އެވެ. މި އެސެމްބްލީއާ ބެހޭގޮތުން ބުނެފައި ވަނީ، މިއީ ސްކޫލަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީތައް ފާހަގަ ކުރުމާއި މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ ހިތުގައި ސްކޫލާއިމެދު ލޯބި އުފައްދާ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމްކުރުމުގެ މަގުޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.

މި ސެމްބްލީގައި ކުރިއަށް ގެންދެވުނު ޚަރަލާތްތަކުގެ ތެރޭގައި ކުރިއަށް އޮތް ދެއަހަރަށް ސްކޫލްގެ ސްޓްރެޓެޖިކް ޕްލޭނެއް ދައްކާލުމާއި، ސްކޫލުގެ ވެބްސައިޓް އިފްތިތާޙް ކުރުމާއި، ވޭތުވެދިޔަ ދެ އަހަރުގެ ތަޖުރިބާ އަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކުން ހިމެނެއެވެ. އަދި މީގެ އިތުރުން ދުވަހާ ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްސަ ލަވައެއް ނެރުމާއި މިއަދުގެ މުނާސަބަތުގައި ޚާއްސަ ކޭކެއް ފެޅުމާއި ކްލާސް ރޫމް ތެރޭގައި ދަރިވަރުންގެ މެދުގައި ތަފާތު ކުޅިވަރު ގޭމްސްތަކެއް ކުރިއަށް ގެންދިޔަ ކަމަށް ހުރަވީ ސްކޫލުން މައުލޫމާތު ދެއެވެ.

ދުވަހާ ގުޅިގެން އަޅާފައިވާ ޚާއްސަ ކޭކް ފަޅުއްވައިދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ އެވެ. މި އެސެމްބްލީގައި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ވަނީ ލިބިފައެވެ.
advertisment
ހިޔާލު