ކޮވިޑްއާ ގުޅިގެން ބަންދުކުރި ސްކޫލްތައް މިއަދު ހުޅުވާލީ ހުރިހާ ދަރިވަރުންނަށެވެ. ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ސްކޫލް ބަންދުކުރި ފަހުން މާލޭގެ ސްކޫލްތަކުގައި ދާދި ފަހަކާ ޖެހެންދެން ކިޔަވައިދެމުން އައީ ގުރޭޑް 7ން މަތީގެ ގުރޭޑްތަކަށެވެ. އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވައިދެމުން އައީ ގުރޭޑް އެކަކުން މަތީގެ ގުރޭޑް ތަކަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއިރު، އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އިގެ ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި މިއާއެކު ބޭބީ ނާސަރީ އާއި ނާސަރީ ކުދިންގެ ކިޔެވުންވެސް މިއަދު ވަނީ ފަށާފައެވެ. އެކުދިން ސްކޫލަށް މިއަދު ނުކުތީ ދިހަ މަސްދުވަހަށްފަހުއެވެ.
ކޮވިޑާ ގުޅިގެން ހުސްވި އަހަރު ކިޔަވައި ދީފައި ވަނީ ފުރަތަމަ ޓާމެވެ. ދެވަނަ ޓާމުގެ ކިޔެވުން އާ އަހަރާއެކު މިއަދު ފެށިއިރު، ޖޫން މަހުގެ 24އާ ހަމައަށް އެ ޓާމުގެ މުއްދަތު ވަނީ ދިގު ދައްމާލާފައެވެ.
ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއިރު، ސްކޫލްތަކުން ވަނީ ދުރާލާ ތައްޔާރުވެލާފައެވެ. ހުރިހާ ސްކޫލަކުންވެސް ދަރިވަރުންނަށް ކިޔާވަފައި ވަނީ ހޫނު މަރުޙަބާއެކެވެ.
ސްކޫލުތަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. ކޮންމެ ދުވަހަކު ހަތަރު ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދު ކިޔަވައިދޭނެއެވެ.
އެޑިއުކޭޝަނުން އެކުލަވާލާފައިވާ ގައިޑްލައިންގައިވާ ގޮތުން ލޮކްޑައުނަށް ގެންނަންޖެހޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ބަންދުވާއިރު، މޮނިޓަރިންގެ ހާލަތުގައި ކިޔަވައިދިނުން ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ. ބަލި ނެތް ރަށްރަށުގައި ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭނެއެވެ.
ސަރުކާރުން ހިންގާ 213 ސްކޫލްގެ ތެރެއިން ތިން ރަށެއްގެ ސްކޫލްތައް ފިޔަވައި އެހެން ހުރިހާ ސްކޫލެއްގައި ވަނީ ކިޔެވުން ފަށާފައެވެ.
advertisment
ހިޔާލު