ޏ. ފުވައްމުލަކު ދޫޑިގަން، ޔޫރޯ، އުމުރުން 17 އަހަރުގެ އަހްމަދު ފައުޒަންގެ ކުއްލި މަރާއެކު ފުވައްމުލަކާއި އަދި މުޅި ރާއްޖެއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ފައުޒަން ކިޔަވަމުން ގެންދަނީ ފުވައްމުލަކު ސްކޫލްގެ ގުރޭޑް 10ގައެވެ. މަޑުމައިތިރި ސާދާ މިޒާޖުގެ އެ ދަރިވަރު ވަކިވެދިއުން އެއީ އޭނާގެ އާއިލާއާއި ރައްޓެހިންނާއި ރާއްޖޭގެ ހުރިހާ ކިޔަވާ ކުދިންނާއި މުދައްރިސުންނަށް ފުން އަސަރުތަކެއް ކުރުވިކަމެކެވެ.
މޫދާ ދޯޅު ފައުޒަން، އާދައިގެ މަތިން އޭނާގެ އެކުވެރިންތަކަކާއެކު ފޭބީ ފުވައްމުލަކު މާނޭރެ އަތިރި މޫދާދިމާލު ފަރުމައްޗަށެވެ. އޭގެ ތެރޭގައި ކުޑަ ދެ އަންހެން ކުދިންވެސް ތިއްބެވެ.
ވަށައިގެން ވަރުގަދަ ރާޅުތަކެއް އޮންނަ ފުވައްމުލަކުގައި، ފައިޒަންމެންނާއެކު މޫދަށް އެރި އުޅުނު ކުޑަ ދެ އަންހެން ކުދިން ބާރުގަދަ އޮއިވަރާއެކު ބޭރަށް ދަމައިގަތުމުން އެކުދިންނަށް އެހީތެރިވުމަށް އެންމެ ފުރަތަމަ ފަތައިގަތް އެކަކީވެސް ފައުޒަންއެވެ.
" ހާސްނުވޭ އަހަރެން އަރާނީ ސަލާމަތްކޮށްފައި" ފައުޒަންގެ އެންމެ ފަހުގެ އަޑު އިވުނެވެ. ދެ ކުދިންގެ ތެރެއިން އެއްކުޖަކު އިސްކޮޅުޖެހޭ ހިސާބަށް ގެނައީ ފައުޒަންއެވެ. ވަގުތު ކުއްލިއަކަށް ޖެހި ރާޅަކާއެކު ގަދަފަދަ ރާޅުބާނިތަކުގެ ތެރެއަށް ދަމައިގަތީ އޭނާއެވެ. ކުއްލި ހަރަކާތެއްގެ ގޮތުގައި ސިފަވެގެންދިޔަ އެރާޅުގެ ތެރޭގައި ފައުޒަން ތާށިވެ ވީނުވީއެއްނޭގި ގެއްލުނީއެވެ.
ފައުޒަން ގެއްލިގެން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި އަދި އާންމުންވެގެން ފެށިއެވެ. އޭގެ ގަޑިއިރެއްގެ ފަހުން، ފައުޒަން ފެނުނީ މާނޭރެ ސަރަހައްދު މޫދުއަޑިންނެވެ. ފެނުނުއިރު އޭނާ ހުރީ ކޮޅަށެވެ. ޑިންގީއަށް ނެގިއިރުވެސް ވިންދުޖަހައެވެ. އެވަގުތުން ފެށިގެން އަވަސް ފަރުވާ ދޭންފެށިއެވެ. ފައުޒަން މަރުވެދިޔައީ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ އިރެއް ނުވަނީހެވެ.
ފައުޒަންގެ ކުއްލި މަރާއެކު މުޅި ފުވައްމުލަކު ސިޓީއަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. ކުއްލި މަރެއްގައި އަހަރެން މަރުވި އަޑު އަހައިފިނަމަ. އަހަންނަށް މައާމަފު ކޮށް ހެޔޮ ދުއާ ކޮށް ދޭށެވެ" ފައުޒަން މީގެ ތިން ދުވަސްކުރިން ފޭސްބުކުޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައިވެއެވެ.
ފައުޒަންގެ ފުރާނައަށް މާތް ﷲ ހެޔޮރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.
advertisment
ހިޔާލު