އޯލެވެލްއާއި އޭލެވެލް އިމްތިޙާނު ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާނެ: އެޑިއުކޭޝަން

މިއަހަރުގެ މެއި، ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލްގެ އިމްތިޙާނުތައް ތާވަލްކޮށްފައިވާގޮތަށް ރާއްޖޭގައި ކުރިޔަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ އިމްތިޚާނުތައް ރާއްޖޭގައި ކުރިއަށް ގެންދާނެކަން ބުނެފައި ވަނީ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން އޯލެވެލް އަދި އޭލެވްލް އިމްތިޙާން އިނގިރޭސިވިލާތުގައި ނުބޭއްވުމަށް އެޤައުމުން ނިންމުމާ ގުޅިގެންނެވެ.

ކޮވިޑާ ގުޅިގެން އެ އިމްތިޙާން ވަނީ ފަސްކޮށްފައެވެ. އޯލެވެލް އިމްތިޙާން ފަށާނީ އަންނަ އެޕްރީލް މަހުގެ ސާދަ ވަނަ ދުވަހުއެވެ. އިމްތިޚާނު ނިންމާނީ ޖޫންމަހުގެ 11 ވަނަ ދުވަހުއެވެ. އޭ ލެވެލް އިމްތިހާނު ކުރިއަށްދާނީ މިއަހަރުގެ މެއިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށެވެ.
ކޮވިޑްއާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. މިދިޔައަހަރު އެއް ޓާމުގައި ކިޔަވައިދީފައިވާޢިރު، ދެވަނަ ޓަމުގެ ކިޔެވުން ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ ޖޫން 24 ގައެވެ. އަދި 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މިއަހަރުގެ އޯގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ.

ދެވަނަ ޓާމުގައި ހަފްތާގެ ފަސްދުވަހު ސްކޫލްތަކުގައި ކިޔަވާދޭނެއެވެ. އަދި ސްކޫލްތަކުގައި ކިޔަވާދޭނީ އެންމެ ގިނަވަގެން ފަސް ގަޑިއިރަށެވެ. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކޮންމެ ދުވަހަކުވެސް ކިޔަވާދޭން ޖެހޭނީ ދެ ގަޑިއިރަށްވުރެ މަދު ނުވާ ގޮތަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *