އާދީއްތަ ދުވަހު ބޭބީ ނާސަރީ އާއި ނާސަރީގެ ކިޔެވުން ވެސް ކުރިއަށް ގެންދާނެ

އެކަޑަމިކް ކަލަންޑަރާއި އެއްގޮތަށް އަންނަ އާދިއްތަ ދުވަހު ސްކޫލްތައް ހުޅުވޭއިރު ބޭބީ ނާސަރީ އާއި ނާސަރީގެ ކިޔެވުންވެސް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކިޔަވައިދޭން ފަށާނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 އަށެވެ.
އެހެންނަމަވެސް އެ ނިންމުން ބަދަލުކޮށް މިއަދު ވަނީ ބަދަލުކޮށްފައެވެ.

ބޭބީ ނާސަރީ އާއި ނާސަރީގެ ކިޔެވުން ފަށަން ނިންމާފައިވަނީ ބެލިވެރިންގެ ޝަކުވާ ވަރަށް ބޮޑުވެފައި ވަނިކޮށެވެ.
ބޭބީ ނާސަރީ އާއި ނާސަރީއަށް ކިޔަވައިދޭ ހުރިހާ ޕްރީ ސްކޫލްތަކަކީ އަމިއްލަ ތަންތަނެވެ.
އެ މިނިސްޓްރީން ބުނީ އާދިއްތަ ދުވަހު ފެށޭނީ 2020-2021 ވަނަ އަހަރުގެ ދެ ވަނަ ޓާރމުގެ ކިޔެވުން ކަމަށާއި މި ޓާރމުގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޖޫން 24 ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ޓާރމުގެ ކިޔެވުން ފަށާއިރު ސްކޫލްތަކުގައި އަމަލު ކުރާނެ ގައިޑްލައިނެއް އެކުލަވާލާފައެވެ.

މި ގައިޑްލައިންގައި ވާގޮތުން ދެ ވަނަ ޓާރމުވެސް ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭނީ އެ ސްކޫލެއް ހުންނަ ރަށެއްގެ ކޯވިޑްގެ ހާލަތަށް ބެލުމަށް ފަހުއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކޮންމެ ދުވަހަކު ހަތަރެއް ނުވަތަ ފަސް ގަޑި އިރު ކިޔަވައިދޭނެއެވެ.

ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ހަފުތާގެ ފަސް ދުވަހު، ދެ ގަޑިއިރަށް ވުރެ މަދުނުވާނެ ވަރަށް ކިޔަވައިދޭން ގައިޑްލައިންގައި ކަނޑައަޅާފައިވާ އިރު، ކީ ސްޓޭޖް 1، 2 އަދި ކީ ސްޓޭޖް 3ގެ ދަރިވަރުންނަށް ހަފުތާއަކު 25 ޕީރިއަޑް ނަގައިދޭން ވަނީ ހަމަޖައްސާފައެވެ.
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް ތިނަކާ ހަމައަށް އާ ސްކީމެއް ތައްޔާރުކޮށް، މި އަހަރުގެ ފުރަތަމަ ޓާރމުގައި ކިޔަވައި ނުދެވި ހުރި ބައިތައް ފުރިހަމަކުރެވޭނެ ގޮތެއް ހަމަޖައްސަން ވަނީ ސްކޫލްތަކަށް އަންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *