ދެވަނަ ޓާމުގެ ކިޔެވުން އާދީއްތަ ދުވަހު ފަށަނީ

ކޮވިޑްއާ ގުޅިގެން އެކުލަވާލި ކަލަންޑަރުގައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހު ކިޔަވަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި ވަނީ ކޮވިޑްގެ އާ ވެރިއަންޓާ ގުޅިގެން ހާލަތު ގޯސްވެދާނެ ކަމަށް ސިއްޙީ މާހިރުން ބުނަމުން ދިއުމާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހިދާނެ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އަންނަ މަހުގެ ތިން ވަނަ ދުވަހަށް އިތުރުކޮށްފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އާދީއްތަ ދުވަހު ކިޔަވަން ފަށާއިރު، ކިޔަވައިދޭނީ އެލްކޭޖީއިން ފެށިގެން ގްރޭޑް 12އިގެ ދަރިވަރުންނަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅާއެކު ކިޔަވައިދޭން ނިންމާފައި ވަނީ ހަތަރު ގަޑިއިރާއި ފަސްގަޑިއިރާ ދެމެދު ކިޔަވައިދޭ ގޮތަށެވެ.

ކޮވިޑްއާ ގުޅިގެން ތައުލީމީ ކަލަންޑަރަށް ގެނައި ބަދަލާއެކު މިއަހަރު ކިޔެވުން ކުރިއަށް ގެންދިޔައީ ހަމައަކަނި ފުރަތަމަ ޓާމުގެ ކިޔެވުމެވެ. ޖެނުއަރީ މަހުގެ ދިހައަކުން ފެށިގެން ޖެނުއަރީ މަހުގެ 24އަށް ކުރިއަށް ދާނީ ދެވަނަ ޓާމުގެ ކިޔެވުމެވެ.
އާ އަަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ ދިހަ ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *