ރާއްޖެ އިން ބޭރުން އަންނަ ދަރިވަރުން، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ނިންމައިފިއެވެ.
މިމަހުގެ ދިހަ ވަނަ ދުވަހު ސްކޫލްތައް ހުޅުވަން ތައްޔާރުވަމުންދާއިރު، ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް ފެތުރަނަ ނުދިނުމުގެ ގޮތުން މި ފިޔަވަޅު އަޅަން ނިންމީ ކުރިން ދީފައިވާ ލުޔަށް ބަދަލުތަކެއް ގެނައުމާއެކުގައެވެ.
ރާއްޖެ އިން ބޭރުން މާލެ އަށް އަންނަ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އެޗްޕީއޭއިން ބަދަލުކުރީ މިދިޔަ މަހުގެ ސޯޅަ ވަނަ ދުވަހުއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ ރާއްޖެ އެތެރެވާއިރު، 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓްގެ ނަތީޖާ ގެންނަންޖެހޭނެ ކަމަށް. އަދި ރާއްޖޭގެ ސްކޫލުތަކާއި ކޮލެޖުތައް އަދި ޔުނިވާސިޓީ އަށް ދާ ދަރިވަރުން، ރާއްޖެއައުމަށްފަހު، ދިހަ ދުވަހަށް ކަރަންޓީނުވާންޖެހޭނެ ކަމަށާއި، ކަރަންޓީނުގެ މުއްދަތު ކަރަންޓީނުން ދޫކޮށްލެވޭނީ މުއްދަތު ހަމަވުމަށްފަހު، ޕީސީއާރު ޓެސްޓް ނެގެޓިވްވުމުންނެވެ.
advertisment
ހިޔާލު