ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތާއި އެކްޝަން ޕްލޭން އިފްތިތާހުކޮށްފި

"ތަޢުލީމީ ޤާނޫނުގައި" ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ "ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު" އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭން މިއަދު އިފްތިތާހް ކުރައްވައިފިއެވެ.

މިއަދު އޮންލައިންކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި މި ސިޔާސަތާއި އެކްޝަން ޕްލޭން އަދި ވެބްސައިޓް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީއެވެ.

މި ރަސްމިއްޔާތުގައިމި ސިޔާސަތު އެކުލަވާލައިފައިވާނީ މިއަހަރު ގެޒެޓުކުރި ޤާނޫނު ނަންބަރު 2020/24 "ތަޢުލީމީ ޤާނޫނުގައި" ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ބައިނަލް އަޤުވާމީ މުޙާހަދާތަކަށް ރިޢާޔަތް ކުރުމާއެކު ޔުނެސްކޯގެ އިންކުލޫސިވް އެޑިޔުކޭޝަން ފުރޭމް ވޯކް ގައިވެސް ހިމަނާފައިވާ ކަންކަމަށް ރިއާޔަތް ކޮށްގެންނެވެ.
ސިޔާސަތުގައި ފާހަގަކުރެވޭ އެންމެ މުހިންމު ބައިތަކަކީ ޅަފަތުގެ ތަޢުލީމާއި ތަރުބިޔަތަށް ޚާއްޞަ ސަމާލުކަމެއް ދީފައިވުމާއި، ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި، މުޅި ސްކޫލު މިކަމުގައި ޝާމިލުކުރުވުމެވެ.

މިއަދު އިފްތިތާހް ކުރެވުނު ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައި ހިމަނާފައިވާނީ ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަނުން 2021 ން 2025 ށް ކުރިއަށް ގެންދަން ޖެހޭ ޙަރަކާތްތަކާއި އެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ތަރުތީބު ކުރާނޭ މައިގަނޑު ކަންކަމެވެ.
މީގެ އިތުރުން މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ވެބްސައިޓުވެސް ވަނީ އިފްތިތާޙު ކޮށްފައެވެ.

މި ވެބްސައިޓް މެދުވެރިކޮށް އިންކުލޫސިވް އެޑިޔުކޭޝަން އާގުޅޭ ގޮތުން ސްކޫލުތަކާއި ބެލެނިވެރިން ނާއި ދަރިވަރުންނަށް ކަމާ ގުޅުންހުރި މައިގަނޑު ނަންތަކުގެ ތެރެއިން އާއްމުކޮށް މިހާތަނަށް ރާއްޖެއިން ލިބެން ނެތް ގިނަ މައުލޫމާތުތަކެއް ލިބޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *