ޕްރީ އިސްކޫލު މުދައްރިސުންނަށް އަމާޒުކޮށްގެން ދިވެހިބަހުގެ ފެންވަރު މަތިކުރުމަށް ޚާއްޞަ އޮންލައިން ކޯހެއް ކުރިއަށް ގެންދަން ދިވެހި ބަހުގެ އެކެޑަމީން ނިންމައިފިއެވެ.
ޒޫން މެދުވެރިކޮށް ހިންގާ މި ކޯސް ފަށަން ކަނޑައަޅާފައި ވަނީ އަންނަ މަހުގެ ތެރޭގައެވެ. ކޯހުގައި ބައިވެރިވާކަށް ފީއެއް ދައްކާކަށް ނުޖެހެއެވެ.
ދިވެހި ބަހުގެ އެކެޑަމީން ބުނީ ކޯހުގައި ބައިވެރިވާ ބޭނުންވާ މުދައްރިސުން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ކޯހުގައި ބައިވާން އެދޭ ފޯމު އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.
ދިވެހި ބަހުގެ އެކެޑަމީން ދަނީ، ދިވެހިބަހުގެ އަދަބީ ހުނަރުތަކާއި ބަހުގެ ގަވާއިދުތަކާއި ލިޔުންތެރިކަން ކުރިއަރުވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި އެކިއެކި ކޯސްތަކާއި ކިލާސްތައް އޮންލައިނުކޮށް ހިންގަމުންނެވެ.
advertisment
ހިޔާލު