ބޭނުން ނުކުރާ ޔުނީފޯމް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިތަދޫ ސްކޫލުން ފަށަނީ

ބޭނުން ނުކުރާ ޔުނީފޯމް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިތަދޫ ސްކޫލުން ފަށައިފިއެވެ.

ހިތަދޫ ސްކޫލުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ މިއަހަރު ސްކޫލްގެ ދަރިވަރުން ސްކޫލްގެ އޮފިޝަލް ޔުނިފޯރމް ބޭނުން ކޮށްފައިވަނީ ވަރަށް މަދު ދުވަސްކޮޅެއްގައި ކަމަށް ވާތީވެ، ޔުނިފޯރމްތައް ހުންނާނީ އާކޮށް ކަމަށް ބެލެވޭ ކަމަށާއި، އެހެންނަމަވެސް ކުދިންގެ ހެދި ބޮޑުވުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން، 2021 ވަނަ އަހަރު ޔުނިފޯރމް ބޭނުން ނުކުރެވޭނެ ގިނަ ދަރިވަރުންތަކެއް ތިބޭނެކަމަށެވެ.

" މިގޮތަށްހުރި ބޭނުން ނުކުރެވޭ ޔުނިފޯރމްތައް އެއްލާލުމުގެ ބަދަލުގައި، ބޭނުންވާ ފަރާތަކަށް ހަދިޔާ ކުރުމުކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ބެލެވެއެވެ. މިކަމަށް އެހީތެރިވުމުގެ ގޮތުން ސްކޫލްއިން ގަސްތުކުރަނީ ޔުނިފޯރމް "އެކްސް ޗެންޖް" ޕްރޮގްރާމްއެއް ސްކޫލްގައި ފެށުމަށެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ. " މިގޮތުން ދަރިވަރުންނަށް ސައިޒުން ކުޑަވެފައި ހުރި ޔުނިފޯރމްތައް ސްކޫލްއާއި ހަވާލް ކޮށްދިނުމުން، ބޭނުންވާ އެހެން ބެލެނިވެރިންނަށް ޔުނިފޯރމް ލިބޭނެގޮތް ސްކޫލްއިން ހަމަޖައްސާނެއެވެ. "

މި ބަޔާނުގައި ބުނެފައި ވަނީ މި ޕްރޮގްރާމުގެ ދަށުން އެ ސްކޫލުން ހަވާލުވާން ނިންމާފައި ވަނީ އޮފިޝަލް ޔުނިފޯރމް (ގަމީސް، ފަޓްލޫން، ޓައި، އަންހެން ކުދިންގެ ޔުނިފޯރމް މަތި އަދި ސްކާރޓް)އާއި ބޫޓާއި ސްޓާކީންގެ އިތުރުން އެކްޓިވިޓީ ޔުނިފޯރމެވެ.
ޔުނީފޯމް ހަވާލުކުރާއިރު، ރީއްޗައް ފަށް ޖަހާފައި ނުވަތަ ކޮނޑެއްގަ އަޅުވާފައި ސްކޫލާއި ހަވާލު ކޮށްދިނުމަށް ހިތަދޫ ސްކޫލުން ބުނެފައިވެއެވެ.
ހިތަދޫ ސްކޫލުން ބުނީ އެ ސްކޫލާ ހަވާލު ކުރެވޭ ޔުނިފޯރމްތައް ބޭނުންވާ ކުދިންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *