ރާއްޖެ އިސްލާމްވި ދުވަހާގުޅިގެން ބޭއްވި ކުރެހުމުގެ މުބާރާތުން އެއްވަނަ އަކްމަލްއަށް

ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ކުރެހުމުގެ މުބާރާތުން އެއްވަނަ ދިހަ އަހަރުގެ މުޙަންމަދު އަކްމަލް އާދަމް ހޯދައިފިއެވެ.

އެއްވަނަ ދަރިވަރަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ 1500 ރުފިޔާއެވެ. އަކްމަލް ހުށަހެޅި ކުރެހުމުގައި ސިފަކޮށްދީފައި ވަނީ ގުފުޅުގައި ޠަވާބު ކުރާ މަންޒަރެވެ.

މުބާރާތުން ދެވަނަ ހޯދީ ގެފުޅުގެ މަންޒަރެއް ކުރަހައިގެން ތޭރަ އަހަރުގެ މަރިޔަމް މަލަކާ މަންދޫހުއެވެ. ދެވަނައަށް ހުށަހަޅާފައި ވަނީ އެއްހާސް ރުފިޔާއެވެ.

ތިންވަނައަށް އައީވެސް ގެފުޅުގެ ކުރެހުމެކެވެ. މި ކުރެހުމުގައި ދައްކުވައިދެނީ ގެފުޅުކައިރީގައި މީހަކު ދުޢާ ކުރާމަންޒަރެވެ. މި މަންޒަރު ކުރަހައިގެން 700 ރުފިޔާގެ އިނާމް ހޯދީ ބާރަ އަހަރުގެ އިބްރާހިމް ޝާދިން ޢަލީއެވެ.

ހަތަރުވަނަ ލިބުނީ ހަ އަހަރުގެ ފާތިމަތު ނީރާ އަހުމަދަށެވެ. އޭނާ ކުރެހީ ނަމާދުގެ ހަރަކާތްތަކެވެ. ފަސްވަނަ ބާރަ އަހަރުގެ ރާއިއާ ރަޝީދު ހޯދީ ގެފުޅުގެ މަންޒަރެއް ކުރަހައިގެންނެވެ.


އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތް ކުރިއަށް ގެންދިޔައީ ކުޑަކުދިންގެ މެދުގައި އިސްލާމީ އަހްލާގު އަށަގަންނުވައި އިސްލާމީ އަގީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގެ މަގްޞަދުގައި ކަމަށެވެ. މި މުބާރާތުގައި ބައިވެރިކުރީ އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހުށަހަޅާ ކުރެހުންތަކެވެ.

ފަސްއަހަރާއި ތޭރަ އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލައިގެން މި މުބާރާތް ކުރިއަށް ގެންދިޔައީ ތީމް ތަކަށް ބަހާލައިގެންނެވެ. ތީމުތަކެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނަމާދު، މަންމަ އާއި ބައްޕަ އަދި ގެފުޅެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *