ޤުރުއާން ކުލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުން ފައިސާގެ އެހީ ދޭނެ ފަރާތްތައް ކަ ނޑައަޅައި އެފަރާތްތަކަށް ފައިސާގެ އެހީ ހަވާލު ކޮށްފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެގޮތުން، ޒަކާތު ފަންޑުން ޖުމްލަ 1.5 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދީފައި ވަނީ 25 ޕްރީސްކޫލަކަށާއި، 23 ޤުރުއާން ކުލާހަކަށެވެ.
ވަނީ 25 މީގެ ތެރެއިން އެއް މިލިއަން ރުފިޔާ ދީފައި ވަނީ ޕްރީސްކޫލްތަކަށެވެ. އަދި ޤުރުއާން ކްލާސްތަކަށް ފަސްލައްކަ ރުފިޔާ ވަނީ ދީފައެވެ.
އެހީދޭނެ ފަރާތްތައް ކަ ނޑައަޅާފައިވަނީ އެކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން، މި ފައިސާގެ އެހީ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޢުޞޫލުގައިވާ ގޮތުގެ މަތީން އެންމެ ގިނަ މާރކްސް ލިބުނު ފަރާތްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
advertisment
ހިޔާލު