ކޮވިޑްއާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށަފަހު، މިއަދުން ފެށިގެން ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފިއެވެ.

މިއަދު ކިޔަވައިދޭން ފެށީ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލު އުމުރުގެ އަތޮޅުތަކުގެ ސްކޫލްތަކުގެ ކުދިންނަށެވެ. ސްކޫލްތަކަށް ގެންގޮސްގެން ކިޔަވައިދެނީ މާލޭގެ ސްކޫލްތަކުގެ ގުރޭޑް ހަތަކުން މަތީގެ ގުރޭޑްތަކަށެވެ. މިއަދުން ފެށިގެން އަތޮޅު ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދާނެއެވެ. ގުރޭޑް އެކަކުންމަތީގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށީ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދޭން މިއަދު ފެށިއިރު، އަންނަ މަހުގެ ތިން ވަނަ ދުވަހު މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުން ޗުއްޓީއަށް ދާނެއެވެ. ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން ޖޫން މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ. އަހަރީ ޗުއްޓިއަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް މަހުގެ ދިހަ ވަނަ ދުވަހުއެވެ.
advertisment
ހިޔާލު