ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ފެށި " ލަގަނަ" ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި

ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ފެށި " ލަގަނަ" ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފި

ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ފެށި " ލަގަނަ" ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމުގައި ގުރޭޑް 5އިން ދަށުގެ 70 ކުއްޖަކު ބައިވެރިވެ ފަތަން ދަސްކޮށްފައިވެއެވެ.
މި ޕްރޮގްރާމް ފެށީ ހުސްވި މަހުގެ 28 ވަނަ ދުވަހުއެވެ.

ދިހަ ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމާ މެދު ބޮޑުފޮޅުދޫ ސްކޫލްގެ ބެލެނިވެރިން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ކުރިން ފަތަން ނޭނގޭ ކުދިންނަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަތަން ދަސްވުމަކީ އެއީ އެ ޕްރޮގްރާމުގެ ކާމިޔާބީއެއްގެ ގޮތުގައި އެމީހުން ވަނީ ފާހަގަކޮށްފައެވެ.
ބޮޑުފުޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ވިދާޅުވެފައި ވަނީ އެރަށު ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން އެ ކައުންސިލުން ނިންމާފައިވާ ކަމަށާއި، އިތުރު ދަރިވަރުންނަށް ފަތަން ދަސްކޮށްދޭން ކުރިއަށް އޮތްތަނުގައި އެ ޕްރޮގްރާމް ފުޅާކުރާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *