ތައުލީމަށް ކުރާ ހޭދަ އަންނަ އަހަރު 3.9 ބިލިއަން ރުފިޔާއަށް

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާއިރު، ތައުލީމީދާއިރާއަށް ޚަރަދު ކުރަން ކަނޑައަޅާފައި ވަނީ 3.9 ބިލިއަން ރުފިޔާއެވެ. އެއީ މުޅި ބަޖެޓްގެ 11 އިންސައްތައެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޚަރަވާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، ކެޕިޓަލް ޚަރަދަކީ 379 މިލިއަން ރުފިޔާއެވެ.

ތައުލީމީ ދާއިރާއަށް ކަނޑައެޅި ބަޖެޓްގެ ބޮޑުބައި ހޭދަވާނީ މުވައްޒަފުންގެ މުސާރައަށެވެ. މުސާރަށް 2.1 ބިލިއަން ރުފިޔާ އަންނަ އަހަރު ޚަރަދުވާނެއެވެ. ސްކޮލަރޝިޕްތަކަށް 569 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަތޮޅުތެރޭގައި ތައުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް 249 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފައެވެ. މީގެ އިތުރުން އެންމެ ބޮޑު ޚަރަދެއް ކުރަން ނިންމާފައި ވަނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތަށެވެ. އެ އިމާރާތަށް 29 މިލިއަން ރުފިޔާ އަދި ހުޅުމާލޭގައި އަށް ބުރިއަށް ސީއެޗްއެސްއީގެ އާ އިމާރާތް އެޅުމަށް ވިހި މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތް ކުރަން އަށާރަ މިލިއަން ރުފިޔާއާއި ލ އަތޮޅުގައި ޓޫރިޒަމް ޓްރޭނިންގ ފެސިލިޓީއެއް ގާއިމް ކުރުމަށް ސާދަ މިލިއަން ރުފިޔާއާއި ހަތަރު ރަށެއްގައި ޓިވެޓް ސެންޓަރުތަކެއް ގާއިމް ކުރުމަށް އެގާރާ މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *