އަތޮޅުތެރޭގެ ސްކޫލްތަކުގައި، ޕްރީސްކޫލް އުމުރުފުރައިގެ ދަރިވަރުންނަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކިޔަވައިދޭން ފަށަނީ

އަތޮޅުތެރޭގެ ސްކޫލްތަކުގައި، ޕްރީސްކޫލް އުމުރުފުރައިގެ ދަރިވަރުންނަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން އުމުރާ ގުޅޭ ހަރަކާތްތައް ހިންގަން ނިންމީ ކޯވިޑު-19 ގެ މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، އެޗް.ޕީ.އޭގެ ލަފާގެ މަތިން ކަމަށެވެ.
ކޮވިޑާ ގުޅިގެން، ފެބުރުއަރީ 12 ވަނަ ދުވަހު ސްކޫލްތައް ބަންދުކުރި ފަހުން އެކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައި ނުދެއެވެ. އޭގެ ބަދަލުގައި ބައެއް ސްކޫލްތަކުން ކިޔަވައި ދެމުން ގެންދިޔައީ އޮންލައިން ކޮށެވެ.

ކޮވިޑްގެ ހާލަތަށް ބަލައި، ގުރޭޑް 7ން މަތީ ގުރޭޑްތަކަށް މާލޭގެ ސްކޫލްތަކުގައި މިހާރު ދަނި ކިޔަވައި ދެމުންނެވެ. ޖުލައި އެއްވަނަ ދުވަހުން ފެށިގެން ރަށްރަށުގެ ސްކޫލްތަކުގައި ދިޔައީ ގުރޭޑް އެކަކުން މަތީ ގުރޭޑް ތަކަށް ކިޔަވައިދެމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ނިންމާފައި ވަނީ ގުރޭޑް 6ން ދަށުގެ މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ސްކޫލަށް ގެންގޮސްގެން މިއަހަރު ކިޔަވައި ނުދޭށެވެ. އޭގެ ބަދަލުގައި އެކުދިންނަށް ކިޔަވައިދެމުން ގެންދާނީ އޮންލައިން މެދުވެރިކޮށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *