ސްޕެޝަލް އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން އިންޑިޔާ ބަލިކޮށްފި

ސްޕެޝަލް އޮލިމްޕިކްސް ސެވަން އަ ސައިޑް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން އިންޑިޔާ ބަލިކޮށްފިއެވެ. ބަންގްލަދޭޝްގައި ކުރިއަށް ގެންދާ ސްޕެޝިއަލް އޮލިމްޕިކްސް، ސައުތު އޭޝިއާ ކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާގެ މައްޗަށް ރާއްޖެއިން ކާމިޔާބު ހޯދީ މިއަދު ކުޅުނު މެޗް 2-4ގެ ތަފާތަކުން މޮޅުވެގެންނެވެ.

ރާއްޖޭގެ ފިރިހެން ޓީމުން މޮޅުވި މެޗްގައި ހުމައިދު ވަނީ ހެޓްރިކެއް ހަދާފައެވެ. ރާއްޖެއިން ދެން ލަނޑު ޖެހީ އަޝަމްއެވެ.

މި މުބާރާތުގައި ރާއްޖެއިން ކުޅުނު އެހެން މެޗްތަކުން ވަނީ ބަލިވެފައެވެ. ރާއްޖެއިން ކުޅުނު ފުރަތަމަ މެޗްގައި ބަންގްލަދޭޝް އޭ ޓީމު އަތުން ބަލިވީ 0-6 ގެ ތަފާތަކުންނެވެ. ދެވަނަ މެޗްގައި ބަންގްލަދޭޝްގެ ބީ ޓީމު އަތުން ބަލިވީ 0-3ންނެވެ. ތިން ވަނަ މެޗްގައި އިންޑޮނީޝިއާއާ އަތުން ރާއްޖެ ބަލިވީ 4-2 އިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *