އިސްލާމީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ރާއްޖޭގައި އޮންލައިންކޮށް ބާއްވާ ފުރަތަމަ އޮންލައިން ފޮތް މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި.
އިސްލާމިކް ޔުނިވާސިޓީން ބުނީ، 2018 ވަނަ އަހަރުވެސް އެ ޔުނިވާސިޓީން ވަނީ ފޮތް މައުރަޒެއް ބޭއްވި ނަމަވެސް، މިއަހަރުގެ ފޮތް މައުރަޒު އޮންލައިންކޮށް ބާއްވަން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.
އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މައުރަޒުގައި ބައިވެރިވުމަށް ޝާއިއުކުރާ ފަރާތްތަކަށާއި، ބުކްޝޮޕްތަކަށާއި، ލިޔުންތެރިންނަށާއި އަދި ފޮތް ވިއްކާ ފަރާތްތަކަށް މިހާރުވަނީ ހުޅުވާލާފައެވެ.
އައިޔޫއެމް އިން ބުނީ، މިމައުރަޒުގެ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، އިލްމު ފެތުރުމަށާއި އަދި މައުލޫމާތު މުއްސަނދި ކުރުމަށް އެހީތެރިވުމުގެ ގޮތުން އެކިބާވަތުގެ ފޮތާއި މަޖައްލާ އަދި އޯޑިއޯ-ވިޝުއަލް ފަދަ ތަކެތި ހެޔޮ އަގުގައި އެއް ޕްލެޓްފޯމަކުން އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ލިޔުންތެރިންނާއި ޝާއިއުކުރާ އަދި ފޮތް ވިއްކާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކަމަށާއި، ކިޔުންތެރިކަމަށް ޝައުގުވެރިކަން އިތުރު ކުރުމަށާއި، މިސަގާފަތް ދެމެހެއްޓުމަށާއި އަދި ދިރާސާކުރާ ފަރާތްތަކަށް ތަފާތު ބާވަތުގެ ފޮތާއި މަޖައްލާ ފަދަ ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން ހިލޭ ފޮތް މަޖައްލާ ތަކެތި ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވެސް ޔުނިވާސިޓީން ވަނީ ބުނެފައެވެ.
މައުރަޒު ސްޕޮންސާ ކުރުމަށާއި ޕާޓްނާޝިޕް ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށާއި މައުރަޒުގައި ރަޖިސްޓްރީވުމުގެ އެންމެފަހު ތާރީހަކީ އަންނަ މަހުގެ 20 ވަނަ ދުވަސް ކަމށް އިސްލާމިކް ޔުނިވާސިޓީން ވަނީ ބުނެފައެެވެ.
advertisment
ހިޔާލު