އިންކްލޫސިވް އެޑިއުކޭޝަން ތަމްރީން ޕްރޮގްރާމް 170 މުދައްރިސުން ފުރިހަމަކޮށްފި

އިންކްލޫސިވް އެޑިއުކޭޝަން ތަމްރީން ޕްރޮގްރާމް 170 މުދައްރިސުން ފުރިހަމަކޮށްފި

އިންކްލޫސިވް އެޑިއުކޭޝަން ތަމްރީން ޕްރޮގްރާމް 170 މުދައްރިސުން ފުރިހަމަކޮށްފިއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް އެޑިއުކޭޝަނުން އިސްނަގައިގެން ހަތް މަސްދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މާރޗް މަހުގެ އެއްވަނަ ދުވަހު ފެށި މި ޕްރޮގްރާމް މި ހަފްތާގެ އާދީއްތަ ދުވަހު ނިންމާލިއިރު، 19 އަތޮޅެއްގެ 91 ސްކޫލަކުން 170 މުދައްރިސުން ވަނީ ތަމްރީނު ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިތަމްރީން ޕްރޮގްރާމުގެ ބޭނުމަކީ ޤައުމީ މަންހަޖުގައި ބަޔާންކުރާ ޝާމިލުކޮށްގެން ކިޔަވައިދިނުމަށް އެކުލަވާލާފައިވާ މައިގަނޑު މަފްހޫމްތަކަށް ޓީޗަރުން ހޭނުވުމަށާއި، ހަމައެއާއެކު ޝާމިލުކުރުމުގެ ސިޔާސަތަށް ގެނެވުނު ބަދަލުތަކަށް ޓީޗަރުން އަހުލުވެރިކުރުވާ އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ ކިޔަވައިދިނުމުގެ ތަފާތު ވައްޓަފާޅިއަށް ޓީޗަރުން އަހުލުވެރި ކުރުވުމެވެ.

ކޯވިޑް-19އާ ގުޅިގެން އައްޑޫ ސިޓީ އާއި ބ.އަތޮޅުގައި ބޭއްވުނު ވޯކްޝޮޕް ފިޔަވައި ހުރިހާ ވޯކްޝޮޕްގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

މިސެޝަންތަކުގައި ތިއަރީބައިގެ އިތުރުން ޢަމަލީ ތަޖުރިބާ ލިބޭނެ ފުރުސަތު ފަހިކޮށްދީ، ޙަރަކާތްތެރި ސެޝަންތަކާއި ކުލާސް އޮބްޒަވޭޝަން ހެދުމުގެ ފުރުސަތުވަނީ ދީފައެވެ. އޮންލައިން ސެޝަންތަކުގައި ގޫގުލް ކްލާސްތަކާއި ޙަރަކާތްތައް ގުޅުވާލާފައިވާއިރު މިދާއިރާގެ ތަޖުރިބާކާރުންނާއި އިންކްލޫސިވް ޗެމްޕިއަން ޓީޗަރުންނާއެކު ފޯރަމްތައް ބާއްވައި ތަޖުރިބާ ހިއްސާކުރުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *