އަލިމަސް އެކެޑަމީ: ދަރިވަރުން ދިވެހިބަހާއި އަދަބިއްޔާތުގެ އުސް ކުރިބޯށިތަކަށް ވާސިލްކޮށްދޭ ފަހި ރާސްތާ

ކޮވިޑު 19ގެ ބިރުވެރި ވަބާ ކުރިމަތިވެ 2020ވަނަ އަހަރު މުޅި ގައުމު ފުރަބަންދަށް ދިޔަ ހިތާމައިގެ ދަނޑިވަޅެވެ. މުޅި ގައުމު އޮތީ ބަންދުވެފައެވެ. މަދަރުސާތައް ވެސް ބަންދެވެ. ދަރިވަރުން ތިބީ ގޭގައި ކަން ބޮޑުވެފައެވެ. މި ނާޒުކު ދަނޑިވަޅު އޮންލައިންކޮށް ދިވެހިބަސް ކިޔަވައިދޭން މުޅި ގައުމަށް ހުޅުވައިލި ޚާއްޞަ ފުރުސަތަކީ ދިވެހިބަހުގެ ބަގީޗާ ނަމަކަށް ކިޔުނު އޮންލައިން މަންސައެކެވެ. އުމުރުން 6އަހަރާއި 8 އަހަރާ ދެމެދުގެ ދަރިވަރުންނަށް ޚާއްޞަ ގިންތިއަކާއި ޢުމުރުން 8އަހާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަ ގިންތިއަކާއި ޢުމުރުން 11އަހާއި 13 އަހަރާ ދެމެދުގެ ކުދިންނަށް ގިންތިއެއް ހިމެނޭ ހެން ފަރުމާކޮށްފައި އޮތް މަންސައެކެވެ. ހުޅުވައިލި ފުރުސަތުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން ގާތްގަނޑަކަށް ދުވިސައްތައެއްގައި ދަރިވަރުން ބައިވެރިވިއެވެ.

ދިވެހިބަހުގެ ބަގީޗާއިން ދަސްކޮށްދިނީ ހަމައެކަނި ދިވެހިބަހެއް ނޫނެވެ. އަދަބީ އެކިއެކި ހުނަރުތަކަށް ވެސް ދަރިވަރުން ތައްޔާރުކޮށްދިނެވެ. ގައުމީ އެކިއެކި ދުވަސްތައް ވެސް ފާހަގަކުރުމުގެ ގޮތުން ދަރިވަރުންގެ މެދުގައި އޮންލައިކޮށް ޖަލްސާތައް ވެސް ބޭއްވިއެވެ. އެ ފަދަ ޖަލްސާތަކުގައި އެ ކިލާހެއްގެ ހުރިހައި ދަރިވަރުން ބައިވެރިވެ ހަރަކާތްތައް ހުށަހެޅިއެވެ. ކޮންމެ ކުއްޖަކު ވެސް ކޮންމެ ވެސް ކަމެއް ކުރަން ޖެހެއެވެ. ބަނދިކިޔުމާއި ޅެންކިޔުމާއި ވާހަކަ ކިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި ބަޠަލުންގެ މައްޗަށް ވާހަކަދެއްކުމާއި މަދަޙަކިޔުމާއި ޖޯކާއި ސަމާސާ އަދަބުގެ ވާހަކަތައް ކިޔުންފަދަ އެތައް ކަމެއް ކުރިއެވެ. ކޮވިޑުގެ ފުރަބަންދުގައި ކުދިންގެ ހިތްހަމަޖެހުމާއި އުފަލަކަށް ވެފައި އޮތީ ދިވެހިބަހުގެ ބަގީޗާއެވެ. މި ބަގީޗާގެ މުދައްރިސަކީ ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއެވެ.

އެ ކިލާހުގެ ދަރިވަރެއްގެ ބެލެނިވެރިއެއް ވިދާޅުއެވެ. "އަޝްރަފް މުދައްރިސްގެ ކިޔަވައިދެއްވުން ވަރަށް ތަފާތު. އަޅުގަނޑުގެ ދަރިފުޅު ދިވެހިބަހަށް ޝައުގު ޖައްސައި ބަހުގެ ލޯބި އުފެއްދެވި ބާނީއަކީ އަޝްރަފް މުދައްރިސް. ދިވެހިބަހުގެ ބަގީޗާ ވީ ކޮވިޑުގައި އަޅުގަނޑުމެންނަށް ފަހިވި ރަނުގެ ފުރުސަތަކަށް"

"ކުދިން އަދަބީ ގޮތުން އެކި ކަންކަން ކުރަން ހުރި ފޯރި އަޅުގަނޑު ދުށިން. ގޭގެ ސިޓިންރޫމުގައި ތިބޭ އިރު ދިވެހިބަހުގެ ބަގީޗާގެ އަޑު އިވޭ. އެއީ އުފަލާއި ހިތްހަމަޖެހުމުގައި ދަރިން ދިވެހިބަސް އުނގެނުނު އުފާވެރި ވަގުތުކޮޅުތަކެއް. އަޅުގަނޑުގެ ދެ ކުނދިން ވެސް ކިޔެވި. އަޝްރަފް

މުދައްރިސް ކުދިންނާ ވާހަކަ ދައްކަވަނީ ދަރިފުޅު ކިޔައިގެން. އިހުސާސްވަނީ ބުނަން ނޭގޭ އުފަލެއް. ދިވެހިބަހުގެ ބަގީޗާ ކަހަލަ ޕްރޮގްރާމެއް ނުދެކެން." އެހެން ބެލެނިވެރިއެއްގެ އިހުސާސް ފާޅުކުރައްވަމުން ވިދާޅުވިއެވެ.

ދިވެހިބަހުގެ ބަގީޗާ މިހާރު ކޮބައިތޯއެވެ! މިއީ ކުރެވޭ ސުވާލެކެވެ. އެ ބަގީޗާ އޭގެ ޒާތުގައި ފޯރިޔާއެކު އެބަ ހިނގައެވެ. އަލިމަސް އެކެޑަމީގައެވެ. އަލިމަސް އެކެޑަމީ އުފަންވީ 2022ވަނަ އަހަރުގެ ސެޕްޓެންބަރު 11ވަނަ ދުވަހުއެވެ. އަލިމަސް އެކެޑަމީން އެންމެ ފުރަތަމަ އިއުލާން ކުރި ޕްރޮގްރާމަކަށް ވީ ވެސް ދިވެހިބަހުގެ ބަގީޗާއެވެ. އަލިމަސް އެކެޑަމީގެ ނަމުގައި ޚާއްޞަ މަރުކަޒެއް ވުޖޫދުވުން ވީ އޮންލައިންކޮށް އެ ކިލާހުން ކިޔެވި ދަރިވަރުންނަށާއި ދިވެހިބަސް އަޝްރަފް މުދައްރިސްގެ އަރިހުން އުނގެނެން ބޭނުން ވެފައި ތިބި އެތައް ސަތޭކަ ދަރިވަރެއްގެ ހުވަފެން ހަގީގަތަކަށް ވުން ކަމަކަށެވެ. ފުރަތަމަ ހުޅުވައިލި ފުރުސަތުގެ ދަށުން ވެސް އެތައް ސަތޭކަ ދަރިވަރުން ބައިވެރިވިއެވެ.

ދަރިވަރެއް އޭނާގެ އިހުސާސްތައް ފާޅުކުރަމުން ބުންޏެވެ. " މިއީ ވަރަށް ތަފާތު ބަގީޗާއެއް. އަޅުގަނޑުމެން ބަސް ދަސްކުރަނީ އުފަލުން ހެމުން. އަޝްރަފް މުދައްރިސްއަކީ ހާދަ މޮޅު މުދައްރިސެކޭ. ބުނދެއްވާ ގޮތުން ވަރަށް ފަސޭހައިން އެނގޭ. އަޅުގަނޑުމެން އެކިއެކި ހުނަރުތަކަށް ތައްޔާރުކޮށްދެއްވަން ވަރަށް ބޮޑަށް އެހީތެރިވެދެއްވާނެ. ކިލާސް ނިމޭ އިރު ވެސް ނޭނގެ ބައެއް ގަޑިތަކުގައި ނިމޭ ކަމެއް ވެސް. ވަރަށް ޝައުގުވެރި. އެހައިމެ އުފާވެރި މާހައުލެއް."

"ލައްބަ ވަރަށް އުފާވޭ. ހީވަނީ ހަމަ ގޭގައި އުޅެވޭހެން. އަލިމަސް އެކެޑަމީއަކީ އަޅުގަނޑުމެންގެ ތަނެއް ކަމުގެ އިހުސާސްވަނީ. ސަރ ދެއްވާނެ ބައިވަރު ފިލާވަޅު. ކިޔަން ދެއްވާ. ލިޔަން ދެއްވާނެ. ކުދިން ލައްވާ ވާހަކަދައްކާނެ. ވަރަށް ހިތްހަމަޖެހޭ. އަސްލު ވެސް. އަޅުގަނޑު އެހައި ދިވެހިބަހަށް ޝައުގެއް ނުހުރޭ. އެކަމަކު މި ކުލާހަށް އައި ފުރަތަމަ ދުވަހުއް ސުރެ އެ ލޯބި ޖެހިއްޖެ. މިހާރު އެންމެ ގަޔާވާ މާއްދާއަކީ ވެސް ދިވެހިބަސް. މިއީ މަންމަ ހޯއްދެވި ވަރަށް ރަނގަޅު ފުރުސަތެއް. އަޝްރަފް ސަރއަށް ޝުކުރު އަދާކޮށްލަން ބޭނުމީ" ސުވާލު ކުރި އެހެން ދަރިވަރެއް ބުންޏެވެ.

ދިވެހިބަހުގެ ބަގީޗާ ވަނީ އަބަދަށް ހުޅުވިފައެވެ. އެއީ ދަރިވަރުންގެ އަދަބާއި ބަހުގެ ހުނަރުތަކަށާއި ދިރިއުޅުމުގެ މައިދާނުގައި ސާބިތުކަމާ އެކު ކަންކަމާ އިސްނަގައި ކުރިމަތިލާނެ އުކުޅުތައް ދަސްކޮށްދޭ އުފާވެރި ހިޔަލެކެވެ. އެ ތަނުގެ ކޮންމެ ދަރިވަރަކީ ވިދާ އަލިމަހަކަށް ހެދުން އެއީ އަލިމަސް އެކެޑަމީގެ އަމާޒެވެ. ދިވެހިބަހާއި އަދަބުގެ އުސް ކުރިބޯށިތަކަށް ވާސިލްވާން އެދޭ ކޮންމެ ދަރިވަރަކަށް އަލިމަސް އެކެޑަމީ މަރުހަބާ ކިޔައެވެ. އެތަނުގެ މެއިލް އެޑްރެހަކީ alimasacademy@gmail.com އެވެ. ފޯނު ނަންބަރަކީ 9339666އެވެ. ދިވެހިބަހުގެ ބަގީޗާގެ އިތުރަށް އަލިމަސް ދިވެހި ޕްރޮގްރާމުތަކުގެ ތެރޭގައި އެސްއެސްސީ ދިވެއްސާއި އިސްލާމަށް ދަރިވަރުން ތައްޔާރުކޮށްދިނުމާއި އެކި ގުރޭޑު 8-9ގެ ދިވެހި ޕްރޮގްރާމާއި ބޮޑެތިމީހުންނަށް އޮފިސް ދިވެހި ފަދަ ޕްރޮގްރާމުތަކާއި އެކިއެކި މާއްދާތަކުން ޚާއްޞަ އެހީތެރިކަން ފޯރުވައިދިނުމުގެ ފަހި ފުރުސަތުތައް ހިމެނެއެވެ. އަލިމަސް އެކެޑަމީ ހުންނަނީ މާފަންނު އަލިމަސް މަގުގައެވެ. މ. ނިޔަނދުރުމާގޭގެ ތިންވަނަ ބުރީގައެވެ. ދަރިވަރުން ދިވެހިބަހާއި އަދަބުގެ އުސްކުރިބޯށިތަކަށް ވާސިލްކޮށް ދެއްވާން އެދޭ ހަމަ ކޮންމެ ބެލެނިވެރިޔަކު އަލިމަސް އެކެޑަމީ ޚިޔާރުކުރެއްވުން އެއީ އެ އެކެޑަމީގެ ވަރަށް ބޮޑު އެދުމެވެ.

ނޯޓް: މިއީ އަލިމަސް އެކެޑަމީގެ އެޑްވަޓޯރިއަލްއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *