ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމީ ބިލެއް ފާސް ކުރީ އިއްޔެއެވެ. ރައްޔިތުންގެ މަޖިލީހުގެ 55 މެމްބަރުންގެ ތާއީދާއެކު ފާސްކުރި ބިލް ގާނޫނަކަށްވެ އަމަލުކުރަން ފަށާނީ ރައީސުލްޖުމުހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ.
ތަޢުލީމުގެ ޤާނޫނެއް ގެނައުމުގެ ބޭނުމެއް ކަމުގައި ބުނެފައި ވަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށްޓަކައި ގާއިމްކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމްކޮށް، ތަޢުލީމީ ނިޒާމް އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމާއި، އިނގެނުމާ ގުޅޭގޮތުން ދަރިވަރުންނާއި މުދައްރިސުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމެވެ. އަދި ތަޢުލީމު ދިނުމާ ގުޅޭ ޢާންމު ހަމަތަކާއި އުޞޫލުތައް ބަޔާންކުރުމެވެ.
މި ގާނޫނުގެ މަގްޞަދެއް ކަމުގައި ބުނެފައި ވަނީ ގާނޫނުއަސާސީއާއި އިސްލާމްދީނަށާއި، ދިވެހިރާއްޖެއިން ބައިވެރިވާ ކުޑަކުދިންގެ ޙައްޤުތަކާބެހޭ މުއާހަދާތަކާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދިނުމެވެ. އަދި މުދައްރިސުންގެ ޙައްޤުތައް ރައްކާތެރި ކުރުމެވެ. އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށް ކަށަވަރުކޮށް ދިނުމުގައި ދައުލަތާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމެވެ. އަދި އެފަރާތްތަކުން ޒިންމާ އަދާނުކޮށްފިނަމަ އަމަލުކުރާނެ ގޮތުގެ އުޞޫލުތައް ކަނޑައެޅުމެވެ. އަދި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމް ކުރުމެވެ. ގައުމީ ވާޖިބުތަކަށް އަހުލުވެރި މުޖްތަމަޢުގައި ޒިންމާދާރު ދައުރެއް އަދާކުރެވޭނެ އުފެއްދުންތެރި އަދި ޤާބިލް ދަރިވަރުން ބިނާކުރުމަށް މަގުފަހި ކުރުމެވެ.
މި ބިލުން ކަށަވަރުކޮށްދޭ އުނގެނުމުގެ ޙައްޤު
ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށްމެ އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު އުނގެނުމުގެ ޙައްޤގު ވަނީ މި ގާނޫނުން ލިބިދީފައެވެ. 4 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ތައުލީމާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިކުރުމަކީ ދައުލަތުގެ މައްޗަށް ތައުލީމީ ބިލުން ލާޒިމްކޮށްފައިވެއެވެ. މި ގާނޫނުގައި މާނަކޮށްފައިވާ ގޮތުން ފަށާތައޫލީމުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގުރޭޑް އެކަކުން ހަޔަކަށެވެ. ސާނަވީ ތަޢުލީމުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ގުރޭޑް 7ން ފެށިގެން ގުރޭޑް 10އާ ހަމައަށެވެ. މަތީ ސާނަވީއަކީ 11ން 12އެވެ.
އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރާ ތަޢުލީމީ ނިޒާމަކަށް ހެދުމަށް މި ގާނޫނުން ވަނީ ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައެވެ. އެނގެނުމާއި ތަޢުލީމި ޙާޞިލްކުރުމަށް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފުރުޞަތު ލިބިދިން ކަމަށް ބެލެވެނީ ފުރުޞަތުތަކަށް ވާޞިލްވުމުގައާއި ފުރުޞަތުތަކުން ނަތީޖާ ޙާޞިލްކުރުމުގައި ހަމަހަމަކަން އޮތުމަށެވެ.
މައިންބަފައިންނާއި ދަރިވަރުގެ ޒިންމާ
މަޖުބޫރު ތަޢުލީމު ލިބެންޖެހޭ އުމުރުގެ ކުދިން ސްކޫލަށް ވެއްދުމާއި ގަވާއިދުން ސްކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއްގެ ގޮތުގައި ވަނީ މި ގާނޫނުގައި ކަނޑައަޅާފައެވެ. ސްކޫލަށް ފޮނުވާއިރު، ރަނގަޅު ކާނާ ދިނުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާއި ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރު ކުރުމާއި ކުއްޖާއަށް ބޭނުންވާ އަސާސީ ކަންތައްތައް ހަމަޖައްސައި ދިނުމަކީ ބައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ ޒިންމާއެކެވެ. ގަވާއިދުން ސްކޫލަށް ހާޒިރުވުމާއި، ތަޢުލީމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި ކިޔެވުމުގެ ފުރުޞާތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމާއި، ސްކޫލުގެ ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމާއި އެ ޤަވާއިދުތަކާ އެއްގޮތަށް އަޚުލާޤާއި ސުލޫކު ބެހެއްޓުން ކިޔަވާ ދަރިވަރުގެ ޒިންމާއެއްގެ ގޮތުގައި ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
މުދައްރިސުންގެ ފެންވަރާއި ޙައްޤުތައް
ތަޢުލީމީ ބިލުގައި ބުނެފައިވާ ގޮތުން ތަޢުލީމީ ނިޒާމުގައި މަސައްކަތްކުރާ މުދައްރިސުން ވާންވާނީ، ކަމަށް އެކަށޭނެ ސަނަދު ލިބިފައިވާ ފެންވަރު ރަނގަޅު މުދައްރިސުންނަށެވެ. ވަޒީފާގެ ޤާނޫނުން ކަށަވަރުކޮށްދޭ ކަންކަމުގެ އިތުރުން މުދައްރިސުންނަށް ލިބިދެވޭ އިނާޔަތްތަކާއި ރައްކާތެރިކަން އެ މުދައްރިސަކު މަސައްކަތްކުރާ ސްކޫލަކުން ކަށަވަރުކޮށްދޭން ޖެހެއެވެ. ކިޔަވާ ކުދިންނަށް އެނގެނުމަށް ހިތްވަރު ދިނުމާއި އެކުދިންގެ ކިބައިން ނެރެން ބޭނުންވާ ނަތީޖާ ޙާޞިލްކުރުމަށްޓަކައި ކިޔެވުމުގެ ރޫޙް އާލާކުރުމަށް މަސައްކަތް ކުރުމާއި، ކިޔެވުމުގައި ޙާޞިލްކުރަންޖެހޭ ކަމަށް މަގުފަހިކޮށް ދިނުމަށްޓަކައި އަމިއްލަ ހުނަރާއި ޢިލްމް މަތިކުރުމަށް މަސައްކަތް ކުރުމަކީ މުދައްރިސުންގެ ޒިންމާއެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.
ކިޔަވައިދޭ ތަންތަނާއި މުދައްރިސުން ރަޖިސްޓްރީ ކުރުން
ތައުލީމީ ބިލުގައިވާ ގޮތުން ތައޫލީމު ފޯރުކޮށްދޭ އެންމެހައި ތަންތަން ރަޖިސްޓްރީ ކުރަންޖެހެއެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި މިހާރު ޚިދުމަތްދޭ ތަންތަންވެސް ރަޖިސްޓްރީ ކުރަންޖެހެއެވެ. އަދި އެފަދަ ތަނެއްގައި ކިޔަވައިދޭ މުދައްރިސުންވެސް ރަޖިސްޓްރީވާންޖެހެއެވެ. މުދައްރިސުން ރަޖިސްޓްރީ ކުރުމާގުޅޭ ކަންތައްތައް ބަލަހައްޓާނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ އެއް މަސްދުވަހުގެ ތެރޭގައި އެކުލަވާލާ ފަސް މެމްބަރުންގެ ބޯޑަކުންނެވެ. އެޑިއުކޭޝަން މިނިސްޓަރު އައްޔަންކުރައްވާ ރަޖިސްޓްރާއެއްގެ ބެލުމުގެ ދަށުން މުދައްރިސުން ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިއަށް ގެންދާނީ ބޯޑުން ދޭ ލަފައާ އެއްގޮތަށެވެ. މިހާރު ޚިދުމަތުގައި ތިއްބެވި މުދައްރިސުންވެސް ދެ އަހަރު ދުވަހުގެ ތެރޭގައި ރަޖިސްޓްރީވެ ކިޔަވައިދިނުމުގެ ލައިސަންސް ހޯދަންޖެހެއެވެ. އޭގެ ފަހުން ލައިސަންސެއް ނެތި ކިޔަވައި ނުދެވޭނެއެވެ.
ތަޢުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުން
ތަޢުލީމީނިޒާމުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ކިޔަވައިދޭ ތަންތަން ހިންގަނީ ގަވާއިދުތަކާއި އުޞޫލުތަކާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކޮށް، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ތަޢުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް އެޑިއުކޭޝަން މިނިސްޓްރީން ޤާއިމް ކުރަން ވަނީ ލާޒިމްކޮށްފައެވެ. އަދި ތަޢުލީމުދޭ ތަންތަނުގެ ފެންވަރު ވަޒަންކުރުމާއި، އެފަދަ ތަންތަނުގެ މުވައްޒަފުންނާއި ކިޔަވައިދިނުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީވެސް ތަޢުލީމީ ބިލުން ބާރުދީފައިވާ ކަމެކެ
advertisment
ހިޔާލު