ކޮވިޑްއާ ގުޅިގެން ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން 22 ސްކޫލެއްގައި އަތް ދޮވެވޭނެ އިންތިޒާމް ޔުނިސެފުގެ އެހީގައި ގާއިމްކޮށްފިއެވެ.
ބައިނަލްއަގުބާމީ ގޮތުން ފާހަގަކުރާ އަތް ދޮންނަ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަނީ ޔުނިސެފުގެ އެހީގައި ގާއިމްކުރި 44 އަތްދޮންނަ ސްޓޭޝަންތައް ރަސްމީކޮށް ބޭނުން ކުރަން ފަށާފައެވެ.
މި ސްޓޭޝަންތައް ބޭނުން ކުރުން ފައްޓަވާދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު މުޙައްމަދު އަލް މުނީރެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކާ ސްކޫލްތަކަށް ބޭނުންވާ އިންފެކްޝަން ކޮންޓްރޯލް ކުރަންބޭނުންވާ މުހިންމު ސާމާނުތަކެއްވެސް ޔުނިސެފުން ވަނީ މިއަދު އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށް ފައެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި އަތްދޮވުމުގެ އާދަ އަށަގަންނުވާ، އެކަން ޕްރޮމޯޓްކުރުމަށްޓަކާ ބޭނުންކުރާނެ ޚާއްސަ ދެ ޕޯސްޓަރެއް ވެސް ވަނީ މި ރަސްމިއްޔާތުގައި ނެރެފައެވެ.
ކޮވިޑާ ގުޅިގެން ބަންދުކުރި ސްކޫލްތައް ހުޅުވަން ޔުނިސެފުން ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.
advertisment
ހިޔާލު