ކޮވިޑް ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް އެންޓި ބޮޑީ ޓެސްޓް ހަދަން އެންމެ ފުރަތަމަ ފަށާނީ ސްކޫލް އުމުރުފުރައިގެ ކުދިންގެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ދެނެގަތުމަށް އެންޓި ބޮޑީ ޓެސްޓް ހަދަން ފަށަނީ އްއްވެސް އަލާމާތް ނުފެނި ބަލިޖެހިފައި ހުރިކަން ނޭނގި އެތަށް ބަޔަކު ރަނގަޅުވެފައި ވާތީ ކަމަށެވެ. އަދި އެ އިދާރާއިން ބުނީ އެހެންވެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ދެނެގަތުމަށް މިފަދަ ޓެސްޓެއްގެ މުހިންމުކަން ބޮޑުކަމަށެވެ.
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ކުރާ ދިރާސާގެ މަސައްކަތް މި ހަފުތާގައި ފަށަން ތާވަލް ކޮށްފައިވާއިރު، އާބާދީގެ ހުރިހާ އުމުރުފުރައެއް މި ދިރާސާގައި ހިމަނަން ވަނީ ނިންމާފައެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒުލާ ރަފީގު ވިދާޅުވީ އެންޑި ބޮޑީ ޓެސްޓް ހެދުމަށް ސްޓަޑީ ޕްލޭން ހަދާ އެ މަސައްކަތް އެޕްރޫވް ކޮށް ނިމިފައިވާ ކަމަށެވެ.
ކޮވިޑާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ކިޔަވާ ކުދިންނަށެވެ. ގިނަ ދުވަސްތަކަކަށް ސްކޫލްތައް ބަންދުކޮށްފައި ހުންނަންޖެހުމުން ނަފުސާނީ ގޮތުން އިޖްތިމާއީ އަދި ދުޅަހެޔޮ ކަމަށް ވަނީ އަސަރުކޮށްފައެވެ.
advertisment
ހިޔާލު