ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންގެ މާސްޓަރ ޝެފް މުބާރާތުން މުދައްރިސުންނަށް ހިނިތުންވުން

ކޮންމެ އަހަރެއްގެ ވެސް މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންނަށް އެ ސްކޫލުން ކުރިއަށް ގެންދެއެވެ. މިދިޔަ އަހަރު ކުރިއަށް ގެެންދިޔައީ " ބާބަކިއު" ގެ ހަރަކާތެކެވެ. މި އަހަރު ކުރިއަށް ގެންދިޔައީ ހައުސްތަކުގެ މެދުގައި ކުރިއަށްގެންދިޔަ މުދައްރިސުންގެ " މާސްޓަރ ޝެފް" މުބާރާތެކެވެ.
އެ މަރުކަޒުގެ ހަތަރު ހައުސްގައި ހިމެނޭ މުދައްރިސުންނާއި ސްޓާފުން ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ މުބާރާތުގައި ހުރިހާ މުދައްރިސުންނާއި ސްޓާފުން ބައިވެރިވިއެވެ.

" މިއީ ވާދަވެރި ރޫހެއްގައި މުދައްރިސުންނާއި ސްޓާފުންގެ އެކުވެރިކަމާއި އެއްޓީމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެެއް " ޕްރިންސިޕަލް އިސްމާއިލް ސައުދުއްﷲ ވިދާޅުވިއެވެ.

ހަތަރު ހައުސްގެ މެދުގައި ކުރިއަށް ގެންދިޔަ މުބާރާތް ކުރިއަށް ގެންދިޔައީ ތައުލީމީ މަރުކަޒުގެ ހޯލްގައެވެ. ދޮޅުގަނޑިއެއްހާއިރުގެ ތެރޭގައި ކޮންމެ ހއުސަކަށްވެސް ޖެހުނީ މައިގަނޑު ތިން ކެއުމެއް ތައްޔާރު ކުރާށެވެ.

" މުދައްރިސުންގެ ތަފާތު ހުނަރުތައް ފެނިގެން ދިޔައީ ކެއްުކުމާއި ހަމައިން ފެށިގެން ޑެކަރޭޝަންގައިވެސް" އިސްމާއިލް ވިދާޅުވިއެވެ.

މި ހަރަކާތް ހިންގުމުގައި އިސްކޮށް ހުންނެވި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރު އައިޝަތު ނާދިޔާ ވިދާޅުވީ މުދައްރިސުންނަށް މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުން ފެނިގެން ދިޔައީ ވާދަވެރިކަމުގެ ތެރެއިން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހުކަމަށެވެ.
" މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީވެސް ވާދަވެރިކަން ބޮޑުކުރުމުގެ ބޭނުމުގައި. މުބާރާތުގެ ވަނަތައްވެސް ހޮވާ ޚާއްޞަ އިންމާތަކެއްވެސް ދޭގޮތަށް އޮތީ" ނާދިޔާ ވިދާޅުވިއެވެ.

ނާދިޔާ ވިދާޅުވީ މުބާރާތް ކުރިއަށް ގެންދިއުމަށް މުދައްރިސުންނެކޭ އެއްގޮތަށް އެ މަރުކަޒުގެ އެހެނިހެން މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާ ކަމަށެވެ.



ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ ގުރޭޑް 7ން 12އަށް ކިޔަވައިދޭ ސެކަންޑަރީ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *