ތްރީ އޮން ތްރީ ފުޓްބޯޅަ ދަނޑު: ނޭކުރެންދޫ ކައުންސިލުން އެރަށު ސްކޫލަށް ދިން ހަދިޔާ

ހދ. ނޭކުރެންދޫ ކައުންސިލުން އެރަށުގައި ހުންނަ ނޭކުރެންދޫ ސްކޫލަށް "ތްރީ އޮން ތްރީ" ފުޓުބޯޅަ ދަނޑެއް ހަދިޔާ ކޮށްފިއެވެ.

ނޭކުރެންދޫ ސްކޫލްގެ ގޯތިތެރޭގާއި ހަދާފައިވާ މި ދަނޑު ސްކޫލާ ހަވާލުކުރުން އޮތީ މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ދަނޑު ހަވާލުކޮށް ދެއްވީ ކައުންސުލްގެ ރައީސް އަލީ އާދަމެވެ. ސްކޫލްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޕްރިންސިޕަލެވެ.
ކައުންސިލުން ހަދުޔާކުރި ދަނޑަކީ 25 ފޫޓް ފުޅާ 40 ފޫޓް ދިގު، ޓާފުއަޅައިގެން ހަދާފައިވާ ޒަމާނީ ފެންވަރުގެ ދަނޑެކެވެ.

ނޭކުރެންދޫ ކައުންސިލުން ބުނީ ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުޙަންމަދު ރާއީގެ އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށާއި، އަމަލީ މަސައްކަތުގެ ބޮޑުބައެއް ކުރެއްވީ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *