މުދައްރިސުންގެ ދުވަހު ކިހާދޫ ސްކޫލުން ނުކުތީ ރުއް އިންދަން

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސް މިމަހުގެ ފަސް ވަނަ ދުވަހު ފާހަގަކުރަން ބ. އަތޮޅު ކިހާދޫ ސްކޫލްގެ ހުރިހާ މުވައްޒަފުން ނުކުތީ ރުއް އިންދާށެވެ.

އެރަށު ސްކޫލުން ބުނީ މުދައްރިސުންނާއެކު އެ ސްކޫލްގައި މަސައކަތް ކުރާ ކޮންމެ މުވައްޒަފަކަށް ރުކެއް އިންދާފައިވާ ކަމަށެވެ. އިންދި ރުކުގެ އަދަދު 50 އަށް އަރާ ކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.

ކިހާދޫ ސްކޫލުން ބުނީ އެ ސްކޫލުގައި މަސައްކަތްކުރާ މުދައްރިސުންނާއި އިދާރީ މުވައްޒަފުންނާއެކު މުދައްރިސުންގެ ދުވަހު ރުއް އިންދަން ނުކުތީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމުގެ ގޮތުން މުޖްތަމައަށް ފައިދާ ހުރި ކަމެއް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

" މިއަދުގެ ހާލަތަށް ބަލާފައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނުނީ ކާނާގެ ޔަގީންކަން ކަށަވަރު ކުރަން ކުރެވިދާނެ ކަމެއް ކުރަން. އެގޮތުން އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ ރުއް އިންދުން. ތަނުގެ ޖާގައަށް ބަލާފައި އިންދާނެ ރުއްތަކުގެ އަދަދު އަޅުގަނޑުމެން ކަނޑައެޅީ. މިކަމުގައި ހުރިހާ މުދައްރިސުންނާއި ސްޓާފުންގެ އެއްބާރުލުން ލިބުނު" ޕްރިންސިޕަލް މުޙަންމަދު ޒުބައިރު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *