އޭލެވެލް އިމްތިޙާން 1500 ދަރިވަރުންނާއެކު ފަށައިފި

ކޮވިޑްގެ މި ހާލަތުގައި، ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު އިންޓަރނޭޝަނަލް އެޑްވާންސްޑް ލެވެލް އެޑެކްސެލް އިމްތިޙާން މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޭލެވެލް އިމްތިޙާން 37 މަރުކަޒެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އޭލެވެލް އިމްތިޙާނުގައި ބައިވެރިވަނީ 1528 ދަރިވަރުންނެވެ. އެއީ މާލޭގެ ސްކޫލްތަކުން ބައިވެރިވާ 1038 ދަރިވަރުންނާއި، އަތޮޅު ތަކުގެ ސްކޫލްތަކުން ބައިވެރިވާ 460 ދަރިވަރުންނެވެ.

މާލޭގެ ހަތަރު ސެންޓަރަކުން އޭލެވެލް ހަދާއިރު، އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައި ވަނީ ސީއެޗްއެސްއީންނެވެ.

އެސްކޫލުން 450 ވުރެ ގިނަ ދަރިވަރުން މިފަހަރުގެ އިމްތިހާނުގައި ބައިވެރިވެފައިވެއެވެ.

އޭލެވެލް އިމްތިހާން ބައެއް ސްކޫލްތަކުގައި އޮކްޓޯބަރު 22 ނިމޭއިރު، އަމިއްލަގޮތުން ބައިވެރިވާ ކެނޑިޑޭޓުންގެ ބައެއް މޮޑިއުލްތައް އޮކްޓޯބަރު 28 އާއި ހަމައަށް ކުރިއަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަންސް އިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *