މާލޭގެ ސިޓީގެ ސްކޫލްތަކުގައި ކުރިއެކޭ އެއްގޮތަށް ގުރޭޑް 9އާއި 12 އާ ދެމެދުގެ ގުރޭޑްތަކުގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައިފިއެވެ.
މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން މިއަދު ފެށި ނަމަވެސް ރަށްރަށުގެ ސްކޫލްތަކުގައި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަނީ ކިޔަވައި ދެމުންނެވެ.
މާލޭގެ ސްކޫލްތަކުގައި ކިޔެވައި ދިނުން މެދުކަނޑާލީ މާލޭގައި ކޮވިޑް ކޮންޓްރޯލެއް ނެތި ފެތުރެމުން ދިއުމާ ގުޅިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އަލުން މާލޭގެ ސްކޫލްތައް އަލުން ހުޅުވީ އެޗްޕީއޭގެ ހުއްދައާއެކު، ކޮވިޑްގެ ހާލަތު ކުރިއާ އަޅާބަލާއިރު، ބޮޑުތަނުން ކޮންޓްރޯލް ކުރެވުމުން ކަމަށެވެ.
ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމުން ދަރިވަރުންގެ އުނގެނުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެހެންވެ ސްކޫލްތައް ހުޅުވައި ދަރިވަރުން ސްކޫލްތަކަށް ފޮނުވުން މުހިންމު ކަމަށެވެ. އަދި ކުދިންނަށް އެންމެ ރައްކާތެރި ތަނަކީ ވެސް ސްކޫލްތައް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
advertisment
ހިޔާލު