މާލޭގައި ކޮވިޑް 19 ކޮންޓްރޯލް ކުރެވިފައި ނުވާތީ މެދުކަނޑާލި މަތީ ގުރޭޑްގެ ކުލާސްތައް އަލުން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ބުނީ އެޗްޕީއޭގެ މަޝްވަރާއާއެކު ގުރޭޑް 9ން ފެށިގެން ގުރޭޑް 12އަށް، އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އައީ ކޮވިޑްގެ ހާލަތަށް ބަލައި ސްކޫލްތައް ހުޅުވުމުގެ މުއްދަތު ފަސްކުރަމުންނެވެ.
ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރީ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކިޔެވުން ފެށީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އޭރުވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ގުރޭޑް 9ން މަތީގެ ދަރިވަރުންނަށެވެ.
ގުރޭޑް 11ން މަތީގެ ދަރިވަރުންނަށް މިހާރުވެސް ކިޔެވުން ކުރިއަށް ގެންދެއެވެ.
މާލޭގެ ސްކޫލްތައް ފިޔަވައި އެހެން ސްކޫލްތަކުގައި މިހާރުވެސް ކިޔެވުން ކުރިއަށް ގެންދެއެވެ.
advertisment
ހިޔާލު