ދަރިވަރުންނަށް އިންޓަރނެޓްގެ ޚިދުމަތް ދޭން ޑޮންގުލް ހޯދަނީ

ސްކޫލް ދަރިވަރުންނަށް އިންޓަރނެޓްގެ ޚިދުމަތް ދޭން ޑޮންގުލް ހޯދަން އިއުލާން ކޮށްފިއެވެ.

ޔުނިސެފްގެ އެހީގެ ދަށުން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ 1500 ޑޮންގުލް ހޯދާށެވެ.

ކޮވިޑާ ގުޅިގެން އިންޓަރނެޓްގެ އެހީގައި ދަރިވަރުންނަށް ކިޔަވައިދެމުން ގެންދާއިރު، އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ދިރާގާއި އުރީދޫގެ އެހީތެރިކަމާއެކު ދަރިވަރުންނަށް ހިލޭ އިންޓަރނެޓް ޕެކޭޖެއް ފޯރުކޮށްދެމުންނެވެ.

ޑޮންގުލް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ބީލަމުގައި ބައިވެރިވެވޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށާއި، މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ބައިވާން ރަޖިސްޓްރީކޮށް، އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހުގެ 11:00ގައި ބީލަން ހުށަހެޅުން އޮންނާނެ ކަމަށެވެ.

ބީލަން ފޮތުގައިވާ ގޮތުން ފޯރުކޮށްދޭންޖެހޭ ޑޮންގުލްތަކަކީ ރާއްޖޭގެ މުއާޞަލާތީ ޚިދުމަތްދޭ ދެ ކުންފުނި ކަމަށްވާ އުރީދޫއާއި ދިރާގުގެ ނެޓްވާރކަށް ސަޕޯޓް ކުރާ ޑޮންގުލްތަކަށް ވާންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *