ލާމު އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް މި މަހު 29ގައި

"ދިރާގު ލާމު އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް" ގައި މިދިޔަ އަހަރު އެންމެ ކަމިޔާބު ސްކޫލް ލ. އަތޮޅު މަދަރުސާގެ އެތްލިޓުން: މި އަހަރު ވެސް ހުނަރުވެރި އެތައް ދަރިވަރުންނެއް ފެނިގެންދާނެ- ފޮޓޯ: ލ. އަތޮޅު މަދަރުސާ

"ދިރާގު ލާމު އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް" މި މަހު 29 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

ލ. އަތޮޅުގެ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ މި  މުބާރާތުގައި އެ އެތޮޅުގެ 12 ސްކޫލަކުން ވާދަ ކުރެއެވެ. މި މުބާރާތުގައި ވާދަ ކުރަނީ:

* ދަނބިދޫ ސްކޫލް

* ޙަމަދު ސްކޫލް

* ލާމު އޭއީސީ

* މާމެންދޫ ސްކޫލް

* މުކުރިމަގު ސްކޫލް

* އިސްދޫ ސްކޫލް

* މުންޑޫ ސްކޫލް

* އިހައްދޫ ސްކޫލް

* ލ. އަތޮޅު މަދަރުސާ

* މާވަށު ސްކޫލް

* ކުނަހަންދޫ ސްކޫލް

* ކަޅައިދޫ ސްކޫލް

އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި 350 އެތްލީޓުން ބައިވެރިވާ ކަމަށެވެ. މުބާރާތް ކުރިއަށް ގެންދަނީ ލ. ގަމު ސްޓޭޑިއަމްގައެވެ. ލ. އަތޮޅުން އަންނަނީ މި މުބާރާތަށް ދުރާލާ ތައްޔާރު ވަމުންނެވެ.

މިދިޔަ އަހަރު ބޭއްވި މުބާރާތުން އެންމެ ކާމިޔާބު ސްކޫލަކީ ލ އަތޮޅު މަދަރުސާއެވެ.

ލާމު އަތޮޅު މަދަރުސާއިން، ތިން ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާފައި ވެއެވެ. އެއީ ފަނަރަ އަހަރުން ދަށުގެ އަންހެން އަދި ފިރިގެން ޗެމްޕިއަން ކަމާއި 17 އަހަރުން ދަށުގެ އަންހެނުންގެ ޗެމްޕިއަން ކަމެވެ. އެ މަދަރުސާއިން ހޯދީ، 38 ރަން މެޑަލާއި 13 ރިހި މެޑަލާއި 5 ލޯ މެޑަލެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ތޭރަ އަހަރުން ދަށާއި 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދާފައެވެ. އެ ސްކޫލަށް 18 ރަން މެޑަލާއި 28 ރިހި މެޑަލާއި 25ލޯ މެޑަލް ލިބުނެވެ.

ހަމަދު ސްކޫލަށް 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ޗެމްޕިއަންކަން ލިބުނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *