ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފުރަތަމަ ސްކޫލެއްގެ ގޮތުގައި ޞަލާހުއްދީން ސްކޫލް ހަމަޖައްސައި، އެ ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ޞަލާހުއްދީން ސްކޫލް އިމާރާތް ކުރަނީ ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެންނެވެ. މީގެ ކުރިން އެ މިނިސްޓްރީން ވަނީ ހުޅުމާލޭ ދެވަނަ ފޭސްގައި އިތުރު ތިން ސްކޫލެއް ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ސަލާހުއްދީން ސްކޫލް ބީލަން ހުޅުވަން ހަމަޖައްސާފައިވާއިރު، ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވުމަށްފަހު، ބައިވެރިވުމަށް ދައްކަންޖެހޭ ފައިސާ ދައްކާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4 ސްކޫލު އެޅުމަށް މިހާތަނަށް ނިންމާފައިވާއިރު، އިތުރު ދެ ސްކޫލެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ހުޅުމާޅޭ ދެވަނަ ފިޔަވަހީގައި ބޭރު ފަރާތަކުން އިންޓަރނޭޝަނަލް ސްކޫލެއްވެސް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަނީ 1000 އާއި 1200ކުދިންގެ އާބާދީއަކަށް ކަމަށާއި، ސްކޫލްތައް އިމާރާތް ކުރަން ހަތް ބިމެއް އެޗްޑީސީން ދޫކޮށްފައިވާ ކަމަށެވެ.
advertisment
ހިޔާލު