އަންހެން 4 ގުނަ 200 މީޓަރު ރިލޭގެ ގައުމީ ރިކޯޑް ޝަރަފުއްދީން ސްކޫލުން އާ ކޮށްފި

އައްޑީ ސިޓީގައި ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި އަންހެން 4 ގުނަ 200 މީޓަރު ރިލޭގެ ޤައުމީ ރެކޯޑް ޝަރަފުއްދީން ސްކޫލުން އައުކޮށްފިއެވެ.

އަންހެން 4 ގުނަ 200 މީޓަރު ރިލޭގެ ޤައުމީ ރެކޯޑް އެ ސްކޫލުން ޤާއިމް ކުރީ 2019 ވަނަ އަހަރު މާރޗް މަހުގެ 27 ގައި ބޭއްވި ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕްގައެވެ. އެ ފަހަރު ރިލޭ ނިންމާފައި ވަނީ 2:01.32 މިނެޓުންނެވެ. އެ ރެކޯޑް އެ ސްކޫލުން އާ ކުރީ އައްޑޫ ސިޓީގައި ނިމިގެން ދިޔަ އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި، އަންހެން 4*200 މީޓަރު ރިލޭ 1:53.92 އިން ނިންމައިގެންނެވެ. މި ރެކޯޑް އާ ކުރި ޓީމުގައި ހިމެނެނީ، ފާތިމަތު ދާނާ ސައީދާއި އައިޝަތު ޙަމްދާ ސަލީމާއި އާމިނަތު ޒީވާ އާމިރާއި އައިޝަތު އަދުފާ ރަޝީދެވެ.

2019 ވަނަ އަހަރު އެ ސްކޫލުން އަންހެން 4 ގުނަ 200 މީޓަރު ރިލޭގެ ޤައުމީ ރެކޯޑް ހެދި ޓީމުގައި ހިމެނެނީ، ކައުސަރު އާދަމްއާއި މަރިޔަމް އަލްހާ ހުސައިންއާއި ފާތިމަތު ޒާރާ ނިޒާރުގެ އިތުރުން ޝަމްލާ ޝަހީމެވެ.

ނިމިގެން ދިޔަ މުބާރާތުގައި  އެންމެ ގިނަ ތަށި ހޯދާފައިވަނީ ޝަރަފުއްދީން ސްކޫލުންނެވެ. އޭގެ ތެރޭގައި 17 އަހަރުން ދަށުގެ އަންހެން 1 ވަނަ ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *