ބްރައިޓް މައިންޑްސް – ކޮންމެ ރަށެއްގައި ހުރެގެން ވެސް ޓިއުޝަން ނެގޭނެ އެންމެ ފަސޭހަ މަގު

ޒަމާނީ ބަދަލާއެކު ޓިއުޝަނަށް ވަކި ތަނަކަށް ދާކަށް ނުޖެހެއެވެ. އަމިއްލަ ރަށުގައި އަމިއްލަ ގޭގައި ހުރެގެން ޓިއުޝަން ނެގުމަކީ މިހާރު މާ ފަސޭހަ ކަމެކެވެ. ޖީބަށް ލުއިވެފައި ފެންވަރު ރަނގަޅު ޓީޗަރުންނާއެކު ކިޔެވުމުގެ ފަހި ފުރުޞަތު ހޯދައި ދެނީ ބްރައިޓް މައިޑްސްއިންނެވެ.

ބްރައިޓް މައިންޑްސްއަކީ އޮންލައިންކޮށް ޓިއުޝަންދޭ ރާއްޖޭގެ އެންމެ ބޮޑު ސެންޓަރެވެ. ގުރޭޑް 6ން ފެށިގެން ގުރޭޑް 12އާ ހަމައަށް ޓިއުޝަން ފޯރުކޮށްދެއެވެ. މިއަދު ބްރައިޓް މައިންޑްސްގެ ހިޔާވަހި ކަމުގެ ދަށުން، ތިލަދުންމަތިން ފެށިގެން އައްޑޫއާ ހަމައަށް 1500 އެއްހާ ދަރިވަރުން ކޮންމެ ދުވަހަކުހެން އުނގެނެމުން ދެއެވެ. އެ ހުރިހާ ދަރިވަރުންނަށް އުނގަންނައި ދެނީ ތަފާތު ކުރުމެއްނެތިއެވެ.

ވަކިވަކި މާއްދާތަކަށް ފެންވަރު ރަނގަޅު ޓިއުޝަން ޓީޗަރަކު ލިބުމަކީ ފަސޭހަކަމެއް ނޫނެވެ. ޚާއްޞަކޮށް އަތޮޅުތެރޭގައި ކިޔަވަމުންދާ ދަރިވަރުންނަށް އެއީ މާ އުނދަގޫ ކަމެކެވެ. ބެލެނިވެރިންގެ އެ ތަކުލީފަށް ވެސް ބްރައިޓް މައިންޑްސްއިން ހައްލު ހޯދައިދެއެވެ.

ޓިއުޝަންގެ ފީގެ ގޮތުގައި ކޮންމެ މާއްދާއަކަށް އެތަކެއް ހާހެއްހާ ރުފިޔާ މަހެއްގެ މައްޗަށް މިހާރު ވެސް ބެލެނިވެރިން ޚަރަދު ކުރަމުން ގެންދެއެވެ. ބްރައިޓް މައިންޑްސްއިން ހޯދައިދިނީ ހާހުން އަރައިގެން ދިޔަ ޓިއުޝަން ފީއަށް ލުއިކަމެކެވެ. ޓިއުޝަން ފީ ކުޑަކޮށް  މި ދިނީ މާއްދާއަކަށް އެންމެ 299 ރުފިޔާއަށެވެ. ބްރައިޓް މައިންޑްސްއިން ކޮންމެ ހަފްތާއަކު ކޮންމެ މާއްދާއަކުން ދެ ކުލާސް ބާއްވައެވެ.

ސްޓަޑީ ކޭމްޕް ދަރިވަރުންނަށް ފަހި އިތުރު ފުރުޞަތެއް

ބްރައިޓް މައިންޑްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޚާއްޞަކޮށްގެން ސްޓަޑީކޭމްޕްތައް ވެސް އަންނަނީ ބާއްވަމުންނެވެ. މިއީ އޮންލައިންކޮށް ކިޔަވާ ދަރިވަރުންނާއެކު އެއްތަނުން ބައްދަލުވެ ކިޔެވުމުގެ ހުނަރުތަކާއި ވައްޓަފާޅި އަދި ވަކިވަކި މާއްދާތަކުން ކިޔެވުމަށާއި އިމްތިޙާނުތަކުން ރަނގަޅު ނަތީޖާ ހޯދާނެ ގޮތްތަކާއި އަދި މާއްދާތަކުގެ އެންމެ އުނދަގޫ ކޮންސެޕްޓްތައް ދަރިވަރުންނަށް ފަހުމު ކޮށްދިނުމަށް ކުރިއަށް ގެންދެވޭ މުހިންމު ހަރަކާތެކެވެ.

ފުރަތަމަ ކޭމްޕް ކުރިއަށް ގެންދިޔައީ އދ. އޮމަދޫގައެވެ. ގުރޭޑް 8ން ފެށިގެން ގުރޭޑް10 ގެ ދަރިވަރުން ހިމަނައިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕްގައި ކިޔަވައިދިނީ އެކައުންޓިންގއާއި ބިޒްނަސްއާއި ހިސާބުގެ އިތުރުން ބައޮލޮޖީއެވެ.

މި ކޭމްޕްގައި ބައިވެރިވި ގުރޭޑް ނުވައެއްގެ ދަރިވަރަކު ބުނެފައިވަނީ ، އެ ކޭމްޕްގައި ކިޔަވައިދިން އެއްޗެއް ވަރަށް ސާފުކޮށް ވިސްނުނު ކަމަށެވެ. ގުރޭޑް އަށެއްގެ ދަރިވަރަކަށް އެ ކޭމްޕުން ލިބުނު މައުލޫމާތުގެ އަލީގައި ފިލާވަޅު ދަސްކުރަން ފަސޭހަވިއިރު، ގުރޭޑް ދިހައެއްގެ ދަރިވަރަކަށް ވީ، މަޖާ، ދަސްކުރަން ފަސޭހަ ކަމަކަށެވެ.

ގުރޭޑޭ އަށެއް އަދި ނުވައެއްގެ ދަރިވަރަކު ބޭނުންވީ އެފަދަ ކޭމްޕްތައް އިތުރު ކުރާށެވެ.

މީގެ ދެވަނަ ކޭމްޕް ކުރިއަށް ގެންދިޔައީ ރ. ދުވާފަރުގައެވެ. މިއީ ވަރަށް ކާމިޔާބު ކަމާއެކު ހިންގުނު ދަރިވަރުންނަށް މަންފާ ކުރުވަނިވި ކޭމްޕެކެވެ.

ބްރައިޓް މައިންޑްސްގެ ސްޓަޑީ ކޭމްޕްތައް ކުރިއަށް ގެންދަނީ އެ ސެންޓަރަށް ލިބޭ ރިކްއެސްޓްތަކަށް ބަލައިގެންނެވެ. މިއީ ކޮންމެ ސްކޫލަކަށް ވެސް ހުޅުވިފައި އޮތް ފުރުޞަތެކެވެ. ބައެއް ސްކޫލްތަކުން އަންނަނީ މިފަދަ ސްޓަޑީ ކޭމްޕްތައް ބާއްވައި ދިނުމަށް އެ ސެންޓަރުގައި އެދެމުންނެވެ. މިއީ އެ ސެންޓަރުގެ ތަޖުރިބާއާއި ލިބިފައިވާ އިތުބާރާއި ޔަޤީންކަމަށް ސްކޫލްތަކުން ވެސް ބަލައި ގަންނަ ކަމުގެ ހެއްކެކެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންނަށް ފުރުޞަތު ލިބޭ ކޮންމެ ސްކޫލެއްގައި ސްޓަޑީ ކޭމްޕެއް ހިންގައި ދިނުން" ބްރައިޓް މައިންޑްސްއިން ބުނެއެވެ.

ކާމިޔާބަކީ ދަރިވަރުންގެ ކުރިއެރުން

ބްރައިޓް މައިންޑްސްގެ ކާމިޔާބީއަކީ އެ ސެންޓަރުން ޓިއުޝަން ހޯދަމުންދާ ދަރިވަރުންގެ 70 އިންސައްތަ ދަރިވަރުން ބީ އިން މަތިން ފާސްވަމުން ދިއުމެވެ. އަދި އެއް އިމްތިޙާނުން އަނެއް އިމްތިޙާނަށް އެ ނަތީޖާއަށް ބޮޑު ކުރިއެރުމެއް ދަނީ އަންނަމުންނެވެ. އެއީ އެ ސެންޓަރުގެ "ޑެޑިކޭޓެޑް" ޓީޗަރުން ކުރާ މަސައްކަތާއި އެ ޓީޗަރުންގެ ކައިރިން އުނގެނުމަށް ދަރިވަރުންނަށް ދޭ ފުރުޞަތުގެ ސަބަބުންނެވެ.

ބްރައިޓް މައިންޓުގެ އެހީތެރިކަން ބޭނުން ނަމަ 3319010 މި ނަމްބަރުން ހުރިހާ މައުލޫމާތެއް ސާފުވާނެއެވެ. އަދި ދަރިވަރުން ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ބްރައިޓް މައިންޑްގެ  https://www.brightminds.edu.mv/ ވެބްސައިޓުން ވެސް ކުރެވޭނެއެވެ.

ނޯޓް: މިއީ، ބްރައިޓް މައިންޑްސްގެ އެޑިޓޯރިއަލް އާޓިކަލެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *