ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ކޮވިޑްގެ ހާލަތު ކޮންޓްރޯލް ނުވާތީ، މާލެ ހިމެނޭ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.
ކޮވިޑާ ގުޅިގެން ފެބުރުއަރީ މަހުގެ 12ވަނަ ދުވަހު މެދުކަނޑާލި ސްކޫލްތަކުގެ ކިޔެވުން ފެށީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އޭރުވެސް މާލެ ހިމެނޭ ސަރަހައްދުގެ ސްލޫލްތަކަށް ކިޔަވައިދޭން ފެށީ ގުރޭޑް 9ން މަތީގެ ގުރޭޑްތަކަށެވެ. އަތޮޅުތަކުގެ ސްކޫލްތަކުގައި މިހާރުވެސް ކިޔަވައިދެމުން ގެންދެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެ ހަފުތާގެ މުއްދަތަށް ބެލުމަށްފަހު، މާލޭގެ ސްކޫލްތަކުގައި އަލުން ކިޔަވައިދިނުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
advertisment
ހިޔާލު