ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ވަނީ މި އަހަރު ބޭއްވުނު އިންޓަސްކޫލް ޗެސް ފެސްޓިވަލްގެ 18 އަހަރުން ދަށުގެ އަންހެންކުދިންގެ ބައިން އެއްވަނަ ހޯދާފައެވެ.
ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަންއިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި 7 އުމުރުފުރާއަކުން 20 ސްކޫލަކުން ބައިވެރިވެފައިވެއެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން މި މުބާރާތުގައި ބައިވެރިވެފައިވަނީ 18 އަހަރުން ދަށުގެ އުމުރުފުރާއިންނާއި 20 އަހަރުން ދަށުގެ އުމުރުފުރާއިން ޖުމްލަ 4 ކެޓަގަރީއެއްގައެވެ. އެއީ 18 އަހަރުން ދަށުގެ އަންހެންކުދިންގެ ކެޓަގަރީއާއި، 18 އަހަރުން ދަށުގެ އޯޕަން ކެޓަގަރީއާއި، 20 އަހަރުން ދަށުންގެ އަންހެންކުދިންގެ ކެޓަގަރީއާއި އަދި 20 އަހަރުން ދަށުގެ އޯޕަން ކެޓަގަރީއެވެ.

*މީގެ ތެރެއިން 18 އަހަރުން ދަށުގެ އަންހެން ކުދިންގެ ކެޓަގަރީގައި ވާދަކޮށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އެއްވަނަ ހޯދާފައިވާއިރު، އޭގެ އިތުރުން 20 އަހަރުން ދަށުގެ އަންހެންކުދިންގެ ކެޓަގަރީއިން 3 ވަނަ އަދި 20 އަހަރުން ދަށުގެ އޯޕަން ކެޓަގަރީއިންވެސް ވަނީ 3 ވަނަ ހޯދާފައެވެ.
advertisment
ހިޔާލު