ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން އިސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ކޮންޓްރެކްޓާ ފައިނޭންސް އުޞޫލުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން އިސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ތައްޔާރީތައް ވަމުންދާއިރު، އެ ތަނުގައި ތިން އިސްކޫލެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ އަމިއްލަ ހަރަދުގައި ޑިޒައިންކޮށް އިސްކޫލު އިމާރާތްކުރުމަށެވެ. މި މަސައްކަތް ކުރުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ބައިވެރިވެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ބީލަމުގައި ބައިވެރިވުމަށް 1،500ރުރިޔާ ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ އިސްކޫލަކަށް 850،000 ރުފިޔާގެ ގެރެންޓީއެއް ހުށަހަޅަންޖެހޭނެއެވެ.
އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރޭޝަން ފީ ދެއްކުމަށްފަހު، ބީލަން ހުޅުވަން އޮތީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

އެޑިއުކޭޝާން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދަރުވަރު ނޫހަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި އަޅަން ނިންމާފައި ވަނީ 1000އާއި 1200 ކުދިންގެ އާބާދިއަކަށެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު ސްކޫލެއް އަޅަން ހުޅުވާލާނެ ކަމަށާއި، ސަލާހުއްދީން ސްކޫލްގެ ނަމުގައި އެ ސްކޫލް އަޅަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *