ލިލީން އެއްލައްކަ މާސްކް ސްކޫލްތަކަށް ހަދިޔާކޮށްފި

ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިންގ އެންޑް ޓްރޭޑިންގގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާ ކުރީ ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ބައްދަލުވުމެއްގައި މި މާސްކުތައް ހަވާލުކޮށްފައިވަނީ ލިލީ އެންޓަޕްރައިސަސްގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް، ޙުސައިން ފައިސަލް އަދި ލިލީ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޗީފް ބިޒްނަސް ޑިވަލޮޕްމެންޓް އޮފިސަރ، މުޙައްމަދު އިމްތިޔާޒެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މާސްކުތަކާއި ހަވާލުވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރ އަހްމަދު ރިޔާޒެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *