ލޮޓަސްއިން ކޮންމެ ދަރިވަރަކަށް ހޭންޑް ސެނިޓެއިޒަރ ފުޅިއެއް ދެނީ

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ހޭންޑް ސެނިޓެއިޒަރ ފުޅިއެއް ދޭން ލޮޓަސްއިން ނިންމައިފިއެވެ.

ލޮޓަސްގެ ޗެއަރމަން އަހުމަދު އާރިފު (އާއްޓެ) ވިދާޅުވި ގޮތުގައި އަންނަ ހަފުތާގެތެރޭގައި ލޮޓަސްއިން ދޭ ސެނިޓެއިޒަރ ފުޅިތައް ސްކޫލްތަކަށް ފޮނުވަން ފަށާނެއެވެ. އަދި ދަރިވަރުންނަށް އެތަކެތި ފޯރުކޮށްދޭނީ ސްކޫލްތަކާ ގުޅިގެންނެވެ. ކޮންމެ ކުއްޖަކަށް ސެނިޓެއިޒަރ ފުޅިއެއް ދެނީ ލޮޓަސްގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.
ލޮޓަސްއިން ދެނީ ގުރޭޑް ފަހަކުން ދަށުގެ ކިލާސްތަކުގައި ކިޔަވަމުންދާ ކޮންމެ ދަރިވަރަކަށް 100 އެމްއެލް، އަދި ގުރޭޑް ފަހަކުން މަތީގެ ގުރޭޑްތަކުގެ ކޮންމެ ދަރިވަރަކަށް 200 އެމްއެލްގެ ސެނިޓެއިޒަރ ފުޅިއެކެވެ.

އާއްޓެ ވިދާޅުވީ ސެނިޓެއިޒަރ ދެނީ ހަމައެކަނި ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ނޫން ކަމަށާއި، އަމިއްލަ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
ރާއްޖޭގައި ކިޔަވާ ކުދިންގެ އަދަދަށް ބަލާއިރު، ގުރޭޑް 12އާ ހަމައަށް 74،000 ކުދިން ކިޔަވަމުން ގެންދެއެވެ.

" ކޮލިޓީ ރަނގަޅު މަޑުވަހެއް ހުންނަ، ރައްކާތެރި ތަކެތި ފޯރުކޮށް މި ދެނީ. ބޭނުމަކީ ކުދިންގެ ސާފުތާހިރުކަމަށް ކޮވިޑްގެ މި ހާލަތުގައި ވެސް އެހީތެރިކަމެއް ފޯރުކޮށް ދިނުން" އާއްޓެ ވިދާޅުވިއެވެ.
ލޮޓަސްއިން ވަނީ ފިޔަވައްޗާއި މާލޭގެ ބައެއް ސްކޫލްތަކުގައި ސެނިޓެއިޒަރ ޑިސްޕެންސަރ ބަހައްޓަދީ، ކޮންމެ ޑިސްފެންސަރަކާއެކު ފަސް ލީޓަރުގެ ސެނިޓެއިޒަރ ފުޅިއެއް ފޯރުކޮށްދީފައެވެ.

" ޑިންޕެންސާތައް ބަހައްޓަންވެސް ބައެއް ސްކޫލްތަކުން އެއްބަހެއް ނުވި. އެއްބަސްވި ސްކޫލްތަކުގައި އަޅުގަނޑުމެން ވާނީ އިޖްތިމާއީ ޒިންމާގެ ދަށުން އެކަން ކޮށްދީފައި" އާއްޓެ ވިދާޅުވިއެވެ. " މި ހާލަތުގައިވެސް ކޮވިޑް ނެތް ބައެއް ރަށްރަށުން ސެނިޓެއިޒަރ ބޭނުމެއް ނުވޭ. ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ މިއީ، ކޮންމެ ބަޔަކުވެސް ދުރާލާ ސަމާލުވެ، ދަރިންގެ ރައްކާތެރިކަމަށް ސަމާލުކަން ދޭންވީ ވަގުތު"

ލޮޓަސް ފިހާރައަކީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ކާބޯތަކެއްޗާއި ކޮސްމެޓިކްސް ސާމާނު އެތެރެކޮށް ވިއްކާ ކުންފުންޏެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *