ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޙަމަދު ސްކޫލަށް

ފައިނަލުގައި ލ. އޭއީސީއާ ވާދަކޮށް، ލާމަސީލުލާމު އިންޓަރ- ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޙަމަދު ސްކޫލުން ހޯދައިފިއެވެ. ރޭ ކުޅުނު ފައިނަލުގައި ޙަމަދު ސްކޫލް މޮޅުވީ 8-10ގެ ތަފާތަކުންނެވެ.

10 ސްކޫލަކުން ވާދަ ކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ލ. އޭއީސީގެ ކްޕްޓަން ޖޯޒީނަމްބަރު 17 އަލްވާ އާދިލެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ މާވަށު ސްކޫލުގެ ޖޯޒީ ނަމްބަރު 9 މަރިޔަމް ޖަންނަ އަބްދުލް ޣަފޫރެވެ. ފެއަރ ޕްލޭ ޓީމަކީ މާވަށު ސްކޫލެވެ. އެންމެ މޮޅު ކޯޗަކީ ޙަމަދު ސްކޫލުގެ މުޙައްމަދު މުއީނެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ހުށަހަޅާފައި ވަނީ ދިހަ ހާސް ރުފިޔާއެވެ. ރަނަރަޕްޓީމަށް ދެނީ ހަތް ހާސް ރުފިޔާއެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *