ހުސައިން މުޙަންމަދަކީ ދިވެހިރާއްޖޭގެ ތަޢުލީމަށް އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް

ރާއްޖޭގެ ތައުލީމަށް އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ހުސައިން މުހައްމަދު އަވަހާރަވުމާ ގުޅިގެން އެތައް ބަޔަކު ދަނީ އިޚްލާސްތެރި ތައުޒިޔާ ދަންނަވަމުންނެވެ.

ހުސައިން އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 71 އަހަރެވެ.

ހުސައިން މުހަންމަދު ވަނީ ތައުލީމީ ދާއިރާއަށް ގިނަ ޚިދުމަތް ތަކެއް ކުރައްވާފައެވެ. ތައުލީމީ ދާއިރާގެ މުހިންމު މަގާމްތަކެއްވެސް ވަނީ ފުރުއްވާފައެވެ. ހުސައިން ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު އީޑީށީގައެވެ. އީޑީސީގައި ތަފާތު މަގާމްތައް ފުރުއްވުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރުކަންވެސް ވަނީ އަދާ ކުރައްވާފައެވެ.

ހުސައިން ވަނީ ތައުލީމީ ދާއިރާގެ އިތުރުން ދިވެހި ނޫސްވަރިކަމަށްވެސް އިންގިލާބީ ބަދަލުތަކެއް ގެންނަނަވާފައެވެ. ދިވެހިރާއްޖޭގެ އަޑުގައި ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމައަށް ކުރައްވާފައެވެ. ޓީވީމޯލްޑިވްސްގެ އިސްމަގާމްތަކެއް ފުރުއްވައި ޒަމާނީ ބަދަލުތަކެއް އެތަނަށް ވަނީ ގެންނަވާފައެވެ.

ދުވަހު ނޫސްތަކަށް ބޭރުގެ ދުނިޔޭގެ ޚަބަރުތަކާއި ރިޕޯޓްތައް ލިޔުއްވާފައިވެއެވެ.

މަރުހޫމްގެ ފުރާނަފުޅަށް މާތްﷲ ރަހުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށިއެވެ. އަދި މި ފުން ހިތާމައިގައި އެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *