ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތް: ފައިނަލުގައި ޙަމަދު ސްކޫލާއި ލ. އޭއީސީ

ސެމީގައި ޙަމަދު ސްކޫލާއި ލ. އަތޮޅު މަދަރުސާ ކުޅުން ތެރިއަކު ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރާއިރު، ޙަމަދު ސްކޫލުގެ ކުޅުންތެރިއަކު ހުރަސްއަޅަނީ- ފޮޓޯ: ލ. އަތޮޅު ކައުންސިލް

ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލަށް ޙަމަދު ސްކޫލާއި ލ. އޭއީސީއާއި ހިނގެއްޖެއެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގައި ޙަމަދު ސްކޫލުން ކުރި ހޯދީ ލ. އަތޮޅު މަދަރުސާއާ ވާދަކޮށް، 07-15ގެ ނަތީޖާ އަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޙަމަދު ސްކޫލުގެ ޖޯޒީ ނަމްބަރު 10 އާއިޝަތު ލިވާ އިބްރާހިމެވެ. ލ. އޭއީސީ ފައިނަލަށް ދިޔައީ ސެމީގެ ދެވަނަ މެޗްގައި މާމެންދޫ ސްކޫލާ ވާދަކޮށް 08-09ގެ ތަފާތަކުން މޮޅުވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ މާމެންދޫ ސްކޫލުގެ ޖޯޒީ ނަމްބަރު 6 އައިޝަތު އަޒުލިފާއެވެ.

މި މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ލ. އަތޮޅު މަދަރުސާ ބަލިވީ ސެމީގައި ކުޅުނު މެޗުން އެކަންޏެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން އެ ސްކޫލުން ތަފާތު ބޮޑުކޮށް މޮޅުވިއެވެ. ލ. އަތޮޅު މަދަރުސާގެ މައްޗަށް ކުރި ހޯދި ޙަމަދު ސްކޫލް ފައިނަލަށް އައީ މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ލ. އޭއީސީ ފައިނަލަށް ދިޔައީ ވެސް މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ލ. އޭއީސީގެ އަތުން ސެމީގައި ބަލިވި މާމެންދޫ ސްކޫލް ކުއާޓަރއަށް ދިޔައީ އެއް މެޗުން މޮޅުވެގެންނެވެ. އެ ސްކޫލުން ސެމީއަށް ދިޔައީ ކުއާޓަރގައި ކުނަހަންދޫ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗް މިރޭ ކުޅޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *