ލާމަސީލުލާމު އިންޓަރ- ސްކޫލް ހޭންޑްބޯޅަ މުބާރާތް: ކުއާޓާ ފައިނަލުގެ މެޗްތައް ބުރާސްފަތި ދުވަހު ފަށަނީ

ކުއާޓަރގައި ކުޅޭނީ، ލ. އަތޮޅު މަދަރުސާއާއި މާވަށު ސްކޫލް، ޙަމަދު ސްކޫލާއި އިހައްދޫ ސްކޫލް، ލ. އޭއީސީއާއި ކަލައިދޫ ސްކޫލް، ކުނަހަންދޫ ސްކޫލާއި މާމެމެންދޫ ސްކޫލް

ލާމަސީލުލާމު އިންޓަރ- ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗްތައް މިހާރު ވަނީ ނިމިފައެވެ. ދިހަ ސްކޫލަކުން ވާދަ ކުރާ މި މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗްތައް އަންނަ ބުރާސްފަތި ދުވަހު ހަވީރު ފަށާއިރު، ހަ ސްކޫލަކުން ކުއާޓާގައި ވާދަކުރެއެވެ.

ކުއާޓާގެ ފުރަތަމަ މެޗްގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅޭނީ، ލ. އަތޮޅު މަދަރުސާއާއި މާވަށު ސްކޫލެވެ. ރޭގަނޑު ތިން މެޗް ކުޅޭނެއެވެ. ޙަމަދު ސްކޫލް ކުޅޭނީ އިހައްދޫ ސްކޫލާއެވެ. ލ. އޭއީސީއާއި ކަލައިދޫ ސްކޫލާއެވެ. ފަހު މެޗްފައި ކުނަހަންދޫ ސްކޫލް ކުޅޭނީ މާމެންދޫ ސްކޫލާއެވެ.

ލ. އަތޮޅު މަދަރުސާ ކުއާޓަރއަށް ދިޔައި ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި، ކުޅުނު ތިން މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިގެންނެވެ. މި މުބާރާތުގައި އެ ސްކޫލުން 40 ގޯލް ޖަހާފައެވެ. ބައިކޮޅަށް ވަދެފައި ވަނީ އެންމެ ހަތް ގޯލެވެ. މާވަށު ސްކޫލު މޮޅުވީ ކުޅުނު ދެ މެޗްގެ ތެރެއިން އެއް މެޗުންނެވެ. އެ ސްކޫލަށް ދެ ޕޮއިންޓް ލިބުނުއިރު، ޖެހުނީ އެންމެ ހަތަރު ގޯލެވެ. ބައިކޮޅަށް 20 ގޯލް ވަދެފައިވެއެވެ. ޙަމަދު ސްކޫލު ކުއާޓަރއަށް ދިޔައީ ކުޅުނު ދެ މެޗް ވެސް މޮޅުވެގެން 4 ޕޮއިންޓާ އެކުގައެވެ. އެ ސްކޫލުން 28 ގޯލް ޖެހިއިރު، 10 ގޯލް ބައިކޮޅަށް ވަދެފައިވެއެވެ. އިހައްދޫ ސްކޫލް މޮޅުވީ އެންމެ މެޗަކުންނެވެ. އެ ސްކޫލަށް ދެ ޕޮއިންޓް ލިބުނުއިރު 22 ގޯލް ޖެހުނު ނަމަވެސް ބައިކޮޅަށް 30 ގޯލް ވަދެފައިވެއެވެ. ލ. އޭއީސީ ކުއާޓަރއަށް ދިޔައީ ދެ މެޗުން މޮޅުވެ 4 ޕޮއިންޓް ހޯދައިގެންނެވެ. ލ. އޭއީސީން 32 ގޯލް ޖެހިއިރު، އެ ސްކޫލުގެ ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. ކުނަހަންދޫ ސްކޫލުން ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން މޮޅުވިއެވެ. ހަތަރު ޕޮއިންޓް އެ ސްކޫލަށް ލިބުނުއިރު 28 ގޯލް އެ ސްކޫލުން ޖެހި ނަމަވެސް ބައިކޯޅަށް 25 ގޯލް ވަދެފައިވެއެވެ. މާމެންދޫ ސްކޫލް މޮޅުވީ ދެ މެޗްގެ ތެރެއިން އެއް މެޗުންނެވެ. ދެ ޕޮއިންޓް އެ ސްކޫލަށް ލިބުނުއިރު ޖެހުނީ 20 ގޯލެވެ. ބައިކޮޅަށް 24 ގޯލް ވަދެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *