އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް ހުންނެވޭނީ އަށް އަހަރަށް

ސަރުކާރުގެ ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުންނެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ސިވިލްސާވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ. އެ ކޮމިޝަނުން މިފަދަ އުޞޫލެއް ކަނޑައެޅީ"ސަރުކާރު އިސްކޫލު ތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ އިސްކޫލު ކަނޑައެޅުމުގެ އުޞޫލު" ގައެވެ.

މިފަދަ އުޞޫލެއް އެކުލަވާލީ، ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އިސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލު ޕްރިންސިޕަލުން އައްޔަން ކުރުމާއި، އައު ޚިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް، ދިގު މުއްދަތަކަށް އެއް އިސްކޫލެއްގައި ސްޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި އުޞޫލަށް އަމަލުކުރަން ސިވިލްސާވިސް ކޮމިޝަނުން ފަށާފައިވާއިރު، ސަރުކާރު އިސްކޫލުތަކުގެ އިދާރީ އޮނިގަނޑުގައި ތިއްބެވި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ޕްރިންސިޕަލުންނަށް ޓެނުއަރޝިޕް ހަމަޖައްސައި ނިންމަންވާނެ ކަމަށް ވެސް ކަނޑައަޅާފައިވެއެވެ.

ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ މަގާމަކަށްވި ނަމަވެސް، ޕްރިންސިޕަލްގެ މަގާމަށް މީހަކު ހޯދަން އިއުލާން ކުރަންވާނީ ސ%

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *