ދެމެހެއްޓެނިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިންބަފައިންނަށް ފަހު ޓީޗަރުން: ރައީސް ސޯލިހު

ދެމެހެއްޓެނިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިންބަފައިންނަށް ފަހު ޓީޗަރުން ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ޓީޗަރުންނަށް ފޮނުއްވައިފި.

ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ޅަ ޖީލުގެ މަގަށް އަލިކުރުމުގައި ކުރިއަށް ވަޑައިގަންނަވާ ކޮންމެ ޓީޗަރަކަށް އެމަނިކުފާނު ޝުކުރު ދަންނަވާ ކަމަށް. އަދި އެމަނިކުފާނު ވިދާޅުވެފައި ވަނީ ހަހަޔާތުގައި ހޯދިފައިވާ ކާމިޔާބީގެ ޝުކުރު ޓީޗަރުންނަށް ހައްގު ކަމަށް.
ކޮންމެ އަހަރެއްގެ ވެސް އޮކޯޓޯބަރު މަހުގެ ފަސް ވަނަ ދުވަސް ފާހަގަ ކުރަނީ މުދައްރިސުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރާ ދުވަހެއްގެ ގޮތުގައި.

މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރަކީ "ޓީޗާސް: ލީޑިން އިން ކްރައިސިސް، ރިއިމޭޖިނިން ދަ ފިއުޗާ. މި ޝިއާރު ކަނޑައަޅާފައި ވަނީ ކޮވިޑްގެ މިހާލަތުގައި ވެސް ޓީޗަރުން ކުރަމުންދާ ބުރަ މަސައްކަތާ ގުޅުވައިގެން.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *