ޣާޒީގެ ސްޕޯޓްސް ފިއެސްޓާގެ ކަންކަން ރާވާ އިންތިޒާމް ކުރީ އެ ސްކޫލުގެ ސްޓުޑެންޓް ކައުންސިލުން

ހުރިހާ ދަރިވަރުން ޝާމިލްވާނޭހެން ޣާޒީ ސްކޫލްގައި ކުރިއަށް ގެންދާ ސްޕޯޓްސް ފިއެސްޓާގެ އިންތިޒާމުތައް މިއަހަރު ފެނިގެން ދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ. ކީސްޓޭޖް 4 ގެ  ކުދިންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔަ ފިއެސްޓާގެ  އެންމެހާ ކަންކަން ރާވާ  އިންތިޒާމް ކުރުމުގެ މޭސްތިރިންނަކީ އެސްކޫލްގެ މިއަހަރުގެ ހިންގުންތެރި ސްޓުޑެންޓް ކައުންސިލެވެ. މިއީ ދަރިވަރުންނަށް ކަންކަން އިންތިޒާމުކުރުމުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ސްކޫލުން އެޅި މުހިންމު ފިޔަވަޅެއްކަމުގައި ޣާޒީ ސްކޫލުން ބުނެއެވެ.

މި މުބާރާތުގައި ދަރިވަރުން ބާރުވެރި ވެގެން ދިއުމުގެ ނަތީޖާ އެއްގެ ގޮތުން އެކުގައި މަސައްކަތް ކުރުމާއި ގަޑިއަށް ހުރުމަތްތެރިކޮށް ހިތުމާއެކު ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރުމުގެ ރިވެތި ސިފަތައް ދަރިވަރުންގެ ކިބައިން ފެނިގެން ދިޔަކަން ސްކޫލުން ފާހަގަ ކުރެއެވެ. ސްޓުޑެންޓް ކައުންސިލުން އިންތިޒާމުކުރި މިމުބާރާތް ފާހަގަ ވެގެން ދިޔައީ  ހުނަރުވެރި ދަރިވަރުންގެ ހުނަރު އެހެން ޓީމުތަކާ ހިއްސާކުރެވިގެން ދިއުންފަދަ ކުޅިވަރުގެ ހަގީގީ ރޫހު ފެނިގެން ދިޔަ މުބާރާތެއްގެ ގޮތުގައެވެ.

ސްކޫލުގެ ހަތަރު ހައުސް ކަމަށްވާ ސިއްތިމާވާ، ކަނބާއައިސާ، ތަކުރު އަދި ހާޖީ ހައުސްގެ މެދުގައި ކުޅެވުނު ހޭންޑްބޯލް އަދި ފުޓްސަލް މުބާރާތުގެ ނަތީޖާ ފާޅުކުރީ ހުސްވި އާދީއްތަ ދުވަހުއެވެ.

ޣާޒީ ސްޕޯޓްސް ފިއެސްޓާގެ ވަނަތައް:

ގްރޭޑް 9 ގެ ހޭންޑްބޯލް ޗެންޕިއަންކަން- ކަނބާއައިސާ ހައުސްއަށް

ގްރޭޑް 9 ގެ ފުޓްސަލް ޗެންޕިއަންކަން- ހާޖީ ހައުސްއަށް

ގްރޭޑް10 ގެ ހޭންޑްބޯލް ޗެންޕިއަންކަން- ހާޖީ ހައުސްއަށް

ގްރޭޑް 10 ގެ ފުޓްސަލް ޗެންޕިއަންކަން- ތަކުރުފާނު ހައުސްއަށް

ޣާޒީ ސްކޫލްގެ ދަރިވަރުންގެ އުންމީދަކީ މިފަދަ ތަފާތު ހަރަކާތް ތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުވާނޭ ފަދަ  ފުރުސަތު ތަކެއް ފަހިވެގެން ދިއުމެވެ. ވުމާއެކު އަމަލީ މައިދާނުގައި އިތުރު ތަޖުރިބާ ލިބޭނޭ ފަދައިން ޙަރަކާތްތައް ރާވާ ހިންގުމަކީ  ސްކޫލުގެ ތަސައްވުރެއް ކަމުގައި ޣާޒީސްކޫލުން ބުނެއެވެ. އަދި އެ މުބާރާތަކީ ވަރަށް އުއްމީދީ ހުނަރުވެރި މޮޅު ކުޅުންތެރިން ފެނިގެން ދިޔަ މުބާރާތެއްކަން ސްކޫލުން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *