އަމިއްލަ ޕްރީ ސްކޫލްތަކާއި ޤުރުއާން ކުލާސްތަކަށް އެހީ ހޯދަން ހުށަހެޅުމުގެ މުއްދަތު އަންނަ ބުރާސްފައްޗަށް

އަމިއްލަ ފަރާތްތަކުން ހިންގާ ޕްރީސްކޫލްތަކާއި ޤުރުއާން ކުލާސްތަކުގެ އިތުރުން ކޮމިއުނިޓީ ޕްރީސްކޫލްތަކަށް، ކޮވިޑްއާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކަށް އެހީ ހޯދަން ފޯމް ހުށަހަޅަންޖެހޭ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.
މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް އިތުރުކޮށްފައި ވަނީ އެހީއަށް އެދި ހުށަހަޅަންޖެހޭ ފޯމަށް ގެނައި ބަދަލާ ގުޅިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީޑިއާ ތަކަށް މައުލޫމާތު ދީފައިވެއެވެ.

އެ މިނިސްޓްރީން ވަނީ، ޒަކާތު ފަންޑުން ލިބުނު 1.5 މިލިއަން ރުފިޔާގެ އެހީ ޕްރީސްކޫލްތަކަށާއި ޤުރުއާން ކުލާސްތަކަށް ދޭނެ ގޮތުގެ އުޞޫލެއް އެކުލަވާލައި މިމަހުގެ އެއް ވަނަ ދުވަހު އާންމު ކޮށްފައެވެ.
1.5 މިލިއަން ރުފިޔާގެ ތެރެއިން އެއް މިލިއަން ރުފިޔާ ޕްރީ ސްކޫލްތަކަށް ކަނޑައަޅާފައިވާއިރު، ފަސްލައްކަ ރުފިޔާ ކަނޑައަޅާފައި ވަނީ ޤުރުއާން ކުލާސްތަކަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލުގައިވާ ގޮތުން އެހީ ދޭނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގާ ތަންތަނަށާއި، އެތަންތަނުގައި ކިޔަވަމުންދާ ކުދިންނަކީ އެޑިއުކޭޝަންގެ މީމިސްއަށް ރަޖިސްޓްރީކޮށްފައިވާ ދަރިވަރުންނަށް ވާނަމައެވެ. އަދި ޕެންޝަން އޮފީހުގައި ރަޖިސްޓްރީވެ، ހުސްވި އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވާ ފަރާތްތަކަށްވުން ޝަރުޠު ކޮށްފައިވެއެވެ.

Þ¤ÞªÞƒÞªÞ‡Þ§Þ‚Þ° ކުލާސްތަކަށް Þ‡Þ¬Þ€Þ© Þ‹Þ¨Þ‚ÞªÞ‰ÞªÞŽÞ¦Þ‡Þ¨ އިސްކަން Þ‹Þ­Þ‚Þ° Þ‚Þ¨Þ‚Þ°Þ‰Þ§ÞŠÞ¦Þ‡Þ¨ ÞˆÞ¦Þ‚Þ© Þ¤ÞªÞƒÞªÞ‡Þ§Þ‚Þ° ކުލާސް Þ€Þ¨Þ‚Þ°ÞŽÞ¦Þ‰ÞªÞ‚Þ° Þ‡Þ¦Þ‡Þ¨ Þ‰ÞªÞ‡Þ%

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *